ENGLISH
12 ޖުލައި 2026
ދިޔަމިގިލީގައި ތަރައްގީކުރާ ސްކޫލް އިމާރާތުގެ ފުތަރަމަ ފަންގިފިލާ ރޭނުމުގެ މަސައްކަތް ނިންމާލައިފި
12 ޖުލައި 2026
|
ދިޔަމިގިލީ ސްކޫލް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން - ފޮޓޯ: ސަރުކާރު
އެންމެ މަޤްބޫލު
ތ. ދިޔަމިގިލީގައި ސިފައިން އިމާރާތްކުރަމުންދާ ސްކޫލްގެ ފުރަތަމަ ފަންގިފިލާ ރޭނުމުގެ ހުރިހާ މަސައްކަތެއް ނިންމާލާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް) އިން ބުނެފިއެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި އެމްއެންޑީއެފް ސަރވިސް ކޯރގެ މިލިޓަރީ އިންޖިނިއަރސް (އެމްއީ) ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގައި، މިހާރު ކުރިއަށްދަނީ ފުރަތަމަ ފަންގިފިލާގެ ފާހާނާތަކުގެ ތަޅުންއެޅުމާއި، ތަނބުތަކާއި ބެރިތަކުގެ ދާރަ ހެދުމުގެ މަސައްކަތްތައް ކަމަަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. އަދި މީގެ އިތުރުން، އިމާރާތުގެ ދެވަނަ ފަންގިފިލާ ރޭނުމުގެ އަމަލީ މަސައްކަތްވެސް މިހާރު ވަނީ ފަށާފައެވެ.
ދެ ފަންގިފިލާއަށް ތަރައްޤީކުރާ، 10 ކުލާސް ރޫމް ހިމެނޭ މި އިމާރާތުގެ މަސައްކަތް ހަލުވިކަމާއެކު ނިންމުމަށްޓަކައި ސިފައިންނާ ހަވާލުކޮށްފައިވަނީ މާރިޗު މަހުގެ 31 ވަނަ ދުވަހުއެވެ. ސިފައިން މި މަސައްކަތާ ހަވާލުވިއިރު، މުޅި މަޝްރޫޢުގެ ނިމިފައިވަނީ އެންމެ 30 އިންސައްތަ މަސައްކަތެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ތާވަލުކުރެވިފައިވާ މުއްދަތަަށް ނިންމުމަށްޓަކައި،ދިޔަމިގިލީ ކައުންސިލާއި ރައްޔިތުންގެ ފަރާތުން އަންނަނީ ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުންނެވެ.