ENGLISH

11 ޖުލައި 2026

Advertisement

ޟަރޫރީ ބޭނުންތަކަށް މިއަދަށްވުރެ ފަސޭހައިން ޑޮލަރު ލިބުނު ދުވަހެއް ނެތް: ފަލާހު

11 ޖުލައި 2026

|

ޝިފްޒާން އަޙްމަދު

ޕީއެންސީގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް ފަލާހު

އާއްމު ރައްޔިތުންގެ ޟަރޫރީ ބޭނުންތަކަށް މިއަދަށްވުރެ ފަސޭހައިން ޑޮލަރު ބޭންކު ރޭޓުގައި ލިބުނު ޒަމާނެއް ނެތްކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ. 

އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި ފަލާހުވަނީ ޑޮލަރު ނުލިބޭކަމަަށް ބުނެ އިދިކޮޅު އެމްޑީޕީން ދައްކަމުންދާ ވާހަކަތަކަށް ވަރަަށް ބޮޑަށް ރައްދުދެއްވާފައެވެ. ފަލާހު ވިދާޅުވީ އެ ޕާޓީން އެވާހަކަދައްކަން ލަދުވެތިވާންޖެހޭނެ ކަމަށެވެ. އަދި އެމްޑީޕީން ފުރަތަމަ ފަހަރަށް ރާއްޖޭގެ ވެރިކަމަށް އައީ ލެޕްޓޮޕަކާއި ފަޅު ރަށަކުން ރާއްޖެ ހިންގިދާނެ ކަމަށް ބުނަމުންކަމަށާއި، އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމުމަކަށް އައިސް އެއިރުގެ ރައީސް ގައުމުގެ ވެރިކަން ދޫކޮށްލެއްވީ ގައުމު ހިންގަވާނެ ގޮތެއް އެނގިވަޑައިނުގެން ކަމަށް ފަލާހު ވިދާޅުވިއެވެ. 

"އެއިރު ރައްޔިތުން ތިބި ހާލަތުން ރައްޔިތުން ދިޔައީ އަރައަރައިގަނެގެން. އޭގެ މާނައަކީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މުޒާހަރާކުރަމުންދިޔައީ، ތަކެއްޗަށް އައި ބަދަލާއި ހިދުމަތްތަކަށް އައި ހީނަރުކަމުގެ ސަބަބުން (އެވެރިކަން) ނިމިގެންދިޔައީ،" އެމްޑީޕީގެ ފުރުތަމަ ސަރުކާރު ނިމުމަކަށް އައި ސަބަބުތަކަށް އިޝާރާތްކުރައްވައި ފަލާހު ވިދާޅުވިއެވެ. 

ފަލާހު ވިދާޅުވި ގޮތުުގައި މިއަދަކީ ދިވެހި ރައްޔިތުންގެ ޟަރޫރީ ބޭނުންތަކަށް އެންމެ ފަސޭހައިން ބޭންކުތައް މެދުވެރިކޮށް، ބޭންކު ރޭޓުގައި ޑޮލަރު ލިބެމުންދާ ދުވަސްވަރެވެ. ފަލާހުވަނީ އެކަމުގެ ބައެއް މިސާލުތައް ފާހަގަކުރައްވާފައެވެ. އާސަންދައާއި އެންސްޕާގެ ދަށުން ސިއްހީ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ބޭންކުތައް މެދުވެރިކޮށް 15.42 ރުފިޔާގެ ރޭޓުގައި 1،000 އެއްހައި ޑޮލަރު ލިބޭއިރު، އުމްރާވެރިންނާއި ހައްޖުވެރިންނަށް ބޭންކު ރޭޓުގައި އަޅުކަން އަދާކޮށް ނިންމައިލުމަށް ބޭނުންވާ މިންވަރަށް ޑޮލަރު ހަމަަޖެހޭ ކަމަށާއި ދަރިވަރުންނަށް ބޭނުންވާ ޑޮލަރުވެސް ދޫކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންނަށް ޑެބިޓު އަދި ކްރެޑިޓު ކާޑުތަކުން 3،000 އެއްހަައި ޑޮލަރާ ހަމައަށް މުއާމަލާތްކުރެވޭކަން ފާހަގަކުރެއްވިއެވެ. 

"އެހެންވީމާ ހަގީގަތުގައި އާއްމު ރައްޔިތު ފަރުދުންނަށް މިއަށްވުރެ ފަސޭހައިން ބޭންކު ރޭޓުގައި ޑޮލަރު ލިބުނު ޒަމާނެއް ނާންނާނެ،" ފަލާހު ވިދާޅުވިއެވެ.

ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމުގައި ބޭންކުން ދޭ ޑޮލަރުގެ އެހީއަށް އަލިއަޅުވައިލައްވަމުން ޝިޕްމެންޓެއްގެ 20 އިންސައްތައާ ހަމައަށް ބޭންކުން ޑޮލަރު ހަމަޖައްސައިދިނުމުގެ ސަބަބުން ވިޔަފާރިވެރިން ޑޮލަރު ގަންނަންޖެހެނީ ޖުމްލަ 18 ވަރަކަށް ރުފިޔާއަށް ކަމުގައި ފަލާހު ވިދާޅުވިއެވެ. 

ފަލާހު އިތުރަށް ވިދާޅުވީ ޑޮލަރުގެ އަގަށްް އައި ބަދަލަކީ އެމްޑީޕީގެ ވެރިކަމުގައި އަށް ބިލިއަން ރުފިޔާ ޗާޕުކުރުމުން ކަމަށެވެ. އެކަމުގެ ނޭދެވޭ އަސަރު ފޭދިގެން ފާޅުވުމަށް މުއްދަތެއް ނެގީ ކަމަށެވެ. އަދި ފަލާހުވަނީ ފާއިތުވި އެމްޑީޕީގެ ސަރުކާރުން ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި ފައިސާ މާރުކޮށް ދެ މިލިއަން ޑޮލަރަށް މަދުކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. 

ދައުލަތަށް ބޮޑެތި ދަރަނި ނަގާފައި ހުރި ނަމަވެސް އެ ފައިސާއިން ހަރަދުކޮށްގެން ކުރި ކަމެއް ފެންނަން ނެތް ކަމަށެވެ. އަދި ދަރަނި ނަގައިގެން އެ ޕާޓީގެ ދެވަނަ ވެރިކަމުގައި އުފެއްދުނީ ކޯއްޗެއްކަން ރައްޔިތުންނަށް އެ ޕާޓީއަށް ސާފުކޮށްދެވިފައިނުވާ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު