ENGLISH
04 ޖުލައި 2026
ޕީއެންސީގެ އެތެރޭގެ އިންތިހާބު: 131 ރަށު ދާއިރާގައި ވޯޓުލުން ކުރިއަށްދާނެ
04 ޖުލައި 2026
|
ޕީއެންސީގެ އެތެރޭގެ އިންތިހާބަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ޕާޓީގެ ލީޑަރޝިޕުން މެމްބަރުންނާ ބައްދަލުކުރެއްވުމުގެ ތެރެއިން.
އެންމެ މަޤްބޫލު
އަންނަ ހޮނިހިރުދުވަހު ބޭއްވުމަށް ނިންމާފައިވާ ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބުގައި 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެކަމަށް އެ ޕާޓީން ބުނެފިއެވެ.
އިންތިހާބުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމަށް އިންތިހާބާ ބެހޭ ކޮމިޓީން އިސްނަގައިގެން މިއަދު ޕީއެންސީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަދި ޕީއެންސީގެ ތަރުޖަމާނު އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ މި އިންތިހާބަކީ ވާދަވެރި އިންތިހާބަކަށް ވެގެންދާނެކަމަށެވެ.
"މި އިންތިހާބުގެ ދާއިރާތައް ރަށު ދާއިރާތަކަކަށް ބަހާލެވިގެންދާއިރު 131 ރަށު ދާއިރާގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދާނެ، މާނައަކީ 131 ރަށުގައި ވާދަވެރި އިންތިހާބެއް އިރާދަކުރެއްވިއްޔާ ފެނިގެންދާނެ،" ފިރުޒުލް ވިދާޅުވިއެވެ.
މި އިންތިހާބުގައި ޕީއެންސީގެ ވޯޓާސް ލިސްޓުގެ އަސާސެއްކަމުގައި ބަލަނީ އިލެކްޝަން ކޮމިޝަނުގައި ރަޖިސްޓްރީވެފައިވާ ޕީއެންސީގެ މެމްބަރުންގެ ދަފްތަރަށެެވެ. އިންތިހާބުގައި ވޯޓުލެވޭނީ ހުސްވި ޖޫންމަހުގެ 15 ގެ ނިޔަލަށް އިލެކްޝަން ކޮމިޝަނުގައި ކޮންގްރެސް ޕާޓީގެ ނަމުގައި ދަފްތަރުވެފައިވާ މެމްބަރުންނަށް އެކަނިކަމަށް ފިރުޒުލް ވިދާޅުވިއެވެ.
ކޮންގްރެސް ޕާޓީގެ ވޯޓާސް ލިސްޓު މިހާރު ޕާޓީގެ ވެބްސައިޓުން ފެންނަން ހުންނާނެއެވެ. ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ އިތުރުން އިންތިހާބާ ގުޅޭ އެކިއެކި ކަންކަމުގައި ޝަކުވާ ހުށަހެޅުމުގެ ފުރުސަތުވެސް ޕާޓީގެ ޕޯޓަލްގެ ތެރެއިން މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު ރީ-ރަޖިސްޓްރޭޝަނަސް ވެސް ޕާޓީން މިހާރު ވަނީ ހުޅުވާލާފައެވެ.
މި އިންތިހާބުގެ ވޯޓުލުން އަތޮޅުތެރޭގެ އިތުރުން މާލޭގައިވެސް ކުރިއަށްދާނެއެވެ.
131 ރަށު ދާއިރާގައި ވޯޓުލުމަށް ވާންޖެހޭ އިދާރީ މަސައްކަތްތައް މާލަސްތަކެއްނުވެ ފަށާނެކަމަށް ފިރުޒުލް ވިދާޅުވިއެވެ.
އިންތިހާބުގައި ޕީއެންސީގެ ދާއިރާގެ ރައީސުން އިންތިހާބުކުރަނީ ޕާޓީ ތަމްސީލުކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނެތް ދާއިރާތަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބެވި ދާއިރާތަކުގެ ރައީސުންނަކީ އެ މެމްބަރުންނެވެ.
ކޮންގްރެސް ޕާޓީގެ ދާއިރާތަކުގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވަން ނިންމާފައިވާއިރު ޕާޓީގެ މަތީ މަޖިލިސް ބާއްވާނީ އަންނަ ސެޕްޓެމްބަރުމަހުގެ 15 އިން 18 އަށެވެ.