ENGLISH

18 ޖޫން 2026

Advertisement

ވިލިމާލޭގެ ދަތުރުފަތުރަށް ބޮޑު ފަސޭހައެއް: މާލޭ ޓެކްސީގެ ޚިދުމަތް ފަށައިފި

18 ޖޫން 2026

|

އަޙުމަދު ޙަމީދު

ވިލިމާލޭގައި ބޭނުންކުރާ ޓެކްސީތައް --

ސަރުކާރުން ތައާރަފުކުރި މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ވިލިމާލޭގައި ފަށައިފި އެވެ.

މާލޭގެ އަވަށެއްގެ ގޮތުގައި އޮތް ވިލިމާލޭގައި އެ ޚިދުމަތް ފެށުމަށް މިއަދު ވަނީ ޚާއްސަ ރަސްމިއްޔާތެއް ބާއްވާފަ އެވެ. މި ރަސްމިއްޔާތުގައި މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ފައްޓަވައިދެއްވީ އިޤްތިސާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

ވިލިމާލޭގައި މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ދިނުމަށް ހަތަރު ކާރު ބޭނުން ކުރާނެ އެވެ. އެއީ ދެ ސައިޒެއްގެ ކާރެވެ. ވިލިމާލޭގައި ބޭނުން ކުރާނީ ތިމާވެއްޓާއި ރައްޓެހި ވެހިކަލްތަކެވެ.

މިއަދު ފެށި ޚިދުމަތާއެކު ވިލިމާލޭގެ ދަތުރުފަތުރަށް ބޮޑު ފަސޭހައެއް ލިބިގެންދާނެ އެވެ. ވިލިމާލޭގައި ރަނގަޅު ދަތުރުފަތުރުގެ ޚިދުމަތެއް ނެތުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ނަމަވެސް އެކަމަށް ދާއިމީ ޙައްލެއް ގެނައުމަށް އެކަށީގެންވާ މަސައްކަތްތަކެއްް އޮތީ ނުކުރެވި އެވެ.

މާލެއާ ހުޅުމާލޭގައި ވެސް ޓެކްސީ ޚިދުމަތް އެންމެ ފުރިހަމަ ގޮތުގަައި ނުލިބި އޮތުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާ އެކެވެ.  މާލޭ ޓެކްސީ ލައިންގެ ޚިދުމަތްގެ ތަޢާރަފު ކުރީ އެ ޝަކުވާތަކަށް ޙައްލެއް ހޯދުމުގެ ގޮތުންނެވެ.

މާލެއާ ހުޅުމާލެ އަދި ވިލިމާލޭގައި 24 ގަޑިއިރު މާލޭ ޓެކްސީ ލައިންގެ ޚިދުމަތް ދެމުން ގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު