ENGLISH
18 ޖޫން 2026
ސްކޭމްގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
18 ޖޫން 2026
|
ސްކޭމްގެ މައްސަލައިގައި ހޯދަމުން އަންނަ މީހާ. އޭނާ ފެނިއްޖެ ނަމަ ރިޕޯޓްކުރަން ވަނީ އެދިފައި. ފޮޓޯ: ފުލުހުން
އެންމެ މަޤްބޫލު
އެންޓި ސްކޭމް ސެންޓަރުން ތަހުޤީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން ދިވެހި ފުލުހުން އިޢުލާންކޮށްފިއެވެ.
ފުލުހުން މީސްމީޑިއާގައި ހިއްސާކޮށްފައިވާ ވީޑިއޯ ޕޯސްޓުގައި ބުނީ ވީޑިއޯގައި ފެންނަ މީހާއަކީ، ސްކޭމްގެ މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހާއަކީ ކާކުކަން ދެނެގަނެވިފައިނުވާތީ ހޯދިފައިނުވާ މީހެއް ކަމަށެވެ.
ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅައި ހިއްސާކުރުމަށް އާންމުންގެ ފަރާތުން ފުލުހުން އެދިފައިވެއެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ޒުވާން ފިރިހެން ކުއްޖަކު އިތުރު ފިރިހެނާއެކު އޭޓީއެމް އެތެރެއަށްވަދެ ފައިސާ ނެގުމަށް މަސައްކަތް ކުރަމުން ދިޔައެވެ. އެ މީހާ ހުރީ ކަޅުކުލައިގެ ޓީޝާތަކާއި ނޫކުލައިގެ ޖީންސްއެއް ލައިގެންނެވެ.
އެފަދަ މީހުން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ސްކޭމްގެ މައްސަލަތައް ހިންގުން ރާއްޖޭގައި އާންމުވެފައި ވާއިރު ކޮންމެ ހަފުތާއަކު ސްކޭމްގެ މައްސަލަތައް ފުލުހުންނަށް ހުށައަޅަމުންދާ މިންވަރު ދަނީ އިތުރުވަމުންނެވެ. ސްކޭމުގެ މައްސަލަތަކުން އާންމު ރައްޔިތުން ރައްކާތެރިވެ ތިބުމުގެ ގޮތުން އެކަކު އަނެކަކަށް ފައިސާ ދިނުމުގެ ކުރިން އެފަރާތެއްގެ ސައްޙަ މަުލޫމާތު ކަށަވަރުކުރުމާއި، އަދި އެމީހެއްގެ އަމިއްލަ ޒާތީ މަައުލޫމާތު އެހެންފަރާތަކަށް ހިއްސާނުކުރުމާށާއި، އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓާ އޮތެންޓިކޭޝަން ހެދުމަށް ފުލުހުން އަބަދުވެސް އަންނަނީ އިލްތިމާސްކުރަމުންނެވެ.