ENGLISH
18 ޖޫން 2026
ގިނަ އަދަދެއްގެ ވޭޕް، ވަގަށް އެތެރެކުރަން އުޅުނީ ކުރީގެ ފަސްޓްލޭޑީގެ އާއިލީ ކުންފުންޏަކުން
18 ޖޫން 2026
|
ފަޒްނާ އަދި އޭނާގެ ބައްޕަ ބޮޑު ސިއްކަ --
އެންމެ މަޤްބޫލު
ކަސްޓަމްސް އިން ހިންގި އޮޕްރޭޝަނެއްގައި ކަނޑުމަގުން ރާއްޖެ އެތެރެކުރި 5،600 ވޭޕް ކާޓްރިޖް އަތުލައިގެންފައިވާއިރު ރާއްޖެއަށް މި ތަކެތި އެތެރެކުރަން އުޅުނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ހިއްސާވާ އޭނާގެ އާއިލާ ކުންފުންޏަކުންކަން ހާމަވެއްޖެ އެވެ.
މި ތަކެތި އެތެރެކުރަން އުޅުނީ ޕޭން އޯޝަން އިންޓަނޭޝަނަލް ޕްރައިވެޓް ލިމިޑެޓްގެ ނަމުގަ އެވެ. މި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ފަޒްނާ އަހްމަދާއި އޭނާގެ އާއިލާގެ އިތުރު ބަޔަކު ހިމެނެ އެވެ.
ވޭޕް އެތެރެކުރަން އުޅުނީ އެ ކުންފުނީގެ ނަމުގައިކަން ކަސްޓަމްސްގެ އޮފިޝަލުން ބައެއް މީޑިއާތަކަށް ވަނީ ޔަޤީންކޮށްދީފަ އެެވެ.
މި ކުންފުނީގެ ހިއްސާދާރުންގެ ތެރޭގައި ފަޒްނާގެ ބައްޕަ، އަހްމަދު އިސްމާއީލް މަނިކު (ބޮޑު ސިއްކަ) ވެސް ހިމެނެ އެވެ.
ކަސްޓަމްސް އިން ބުނީ މި އޮޕަރޭޝަންގައި "ޖެނެރަލް ކާގޯ" ގެ ގޮތުގައި ޑިކްލެއަރ ކޮށްފައިވާ ޝިޕްމަންޓެއް ބަލައި ފާސްކޮށް، އޭގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.
އެގޮތުން، ޖުމްލް 5،600 ވޭޕް ކާޓްރިޖު ހޯދައި މިހާރު އެތަކެތި ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ކަސްޓަމްސް އިން ބުނީ މިހާރު އެ މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށެވެ.