ENGLISH
18 ޖޫން 2026
ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 72 ސައިކަލު ޓޯކޮށްފި
18 ޖޫން 2026
|
ފުލުހުން ސައިކަލު ތަކެއް ޓޯކުރަނީ- ފޮޓޯ: ޕޮލިސް އެމްވީ
އެންމެ މަޤްބޫލު
މަގުމަތީގައި ގަވާއިދާ ޚިލާފަށް ޕާކުކޮށްފައި ހުރި 72 ސައިކަލު، ދިވެހި ފުލުހުންގެ ހިދުމަތުން ޓޯކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި އިއްޔެ ޓޯކުރި މި ސައިކަލުތަކަކީ ބަސް ދަތުރުކުރާ މަގުތަކާއި ހާއްސަކޮށް މަޖީދީ މަގުގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް ގަވާއިދާ ޚިލާފަށް ޕާކު ކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ތެރެއިން ޓޯކުރި ސައިކަލު ތަކެކެވެ.
ބަސް ދަތުރުކުރާ މާލޭގެ ބޮޑެތި މަގުތަކުގެ ދެފަރާތުގައި ޕާކުކުރުމަކީ މަނާކަމެކެވެ.
އެގޮތުން، މާލޭގައި އުޅަނދުތައް ގިނަވެ، މަގުތަކުގެ އެކި ހިސާބުތަކުގައި ޕާކު ކުރުމަކީ އާންމު ކަމަކަށްވެފައިވާ އިރު، އެމްޓީސީސީގެ ބަސް މަޑުކުރާ ސަރަހައްދުގައި ޕާކު ކުރުމުން، މަގު ބާރުބޮޑުވުމުގެ ކަންކަން ދިމާވެއެވެ.
މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އިދާރާތަކުން ކުރާ މަސައްކަތުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ބޭނުންވާކަމަށް އިދާރާތަކުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.