ENGLISH

14 ޖޫން 2026

Advertisement

ވައިކަރަދޫ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފި

14 ޖޫން 2026

|

އައިމިނަތު ޝަފާ

ހދ. ވައިކަރަދޫގައި އަލަށް އިމާރާތްކުރާ ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

މިކަމަށްޓަކައި ހދ. ވައިކަރަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި ވައިކަރަދޫ ކައުންސިލްގެ ރައީސާއި މެންބަރުންނާއި، ދައުލަތުގެ މުއައްސަސާތަކުގެ އިސްވެރިންނާއި، ދިވެހި ފުލުހުންގެ ފުލުހުންގެ ހިދުމަތުގެ ސީނިއާ އޮފިސަރުންނާއި، މަސައްކަތުގެ ކޮންޓްރެކްޓަރު ބައިވެރިވިއެވެ.

މި ޕޮލިސް ސްޓޭޝަނުގެ އަމަލީ މަސައްކަތް ފެށިގެން ދިއުމަކީ، ވައިކަރަދޫގައި ފުލުހުންގެ ހިދުމަތް ހަރުދަނާކޮށް، ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަށް ލިބުނު ކުރިއެރުމެކެވެ.

މި އިމާރާތުގެ މަސައްކަތް ނިމުމުން، ހިދުމަތް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުވެގެންދާނެކަމަށް ފުލުހުންގެ ހިދުމަތުން ބުންޏެވެ. މީގެ އިތުރުން، ކޮމިއުނިޓީ ޕޮލިސިންގެ މަސައްކަތްތައް އިތުރަށް ވަރުގަދަވެ، ރަށުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ބޮޑު ބާރަކަށް ވެގެންދާނެކަމަށްވެސް ބުންޏެވެ.

މި މަޝްރޫއަކީ މުޅި ރާއްޖޭގައި ފުލުހުންގެ ހިދުމަތް ފުޅާކޮށް، ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ސަރުކާރުން ކުރިއަށްދާ މަޝްރޫއެކެވެ. 

ކިޔުންތެރިންގެ ހިޔާލު