ENGLISH

11 ޖޫން 2026

Advertisement

ޑިއުޓީގައި ކަނޑުމަތީގައި ހަރަކާތްތެރިވި ފުލުހަކު ނިޔާވެއްޖެ

11 ޖޫން 2026

|

އާމިނަތު ނުޒްލާ

ފުލުހުންގެ އޮޕަރޭޝަންގައި ފުލުހުންގެ ލޯންޗް ހަރަކާތްތެރިވަނީ--ފޮޓޯ: ޕީއެސްއެމް

ރަސްމީ ޑިއުޓީގައި ކަނޑުމަތީގައި ހަރަކާތްތެރިވި ފުލުހަކު ނިޔާވެއްޖެއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ، މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައިކަމަށެވެ. މިހާދިސާގައި ނިޔާވެފައިވަނީ ސިނިއާ ސާޖަންޓް އަޙްމަދު އާސިފް އެވެ. 

ދަންވަރު ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. މި ހާދިސާ ސަމާލުކަމަށް އައުމާއެކު އޭނާ ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާ ކަމަށާއި އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން، މޫދު އަޑިން ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، އާސިފްގެ ހަށިގަނޑު މިހާރު އއ. މަތިވެރި ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށާއި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްހީމަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އެކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.

މި ހާދިސާ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު