ENGLISH
06 ޖޫން 2026
ޅ.އަތޮޅުގެ ދެ ސްކޫލެއްގައި ކެރިއަރ ގައިޑެންސް ސެޝަންތަކެއް ކުރިއަށް ގެންގޮސްފި
06 ޖޫން 2026
|
ދިވެހި ފުލުުހުންގެ ހިދުމަތުން ކުރިއަށް ގެންދިޔަ ކެރިއަރ ގައިޑެންސް ސެޝަންތަކުގެ ތެރެއިން
އެންމެ މަޤްބޫލު
ދިވެހި ފުލުހުންގެ ހިދުމަތުން ޅ. އަތޮޅު ދެ ރަށެއްގެ ސުކޫލު ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ސެޝަންތަކެއް ކުރިއަަށް ގެންގޮސްފިއެވެ.
މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ނައިފަރު މަދަރުސަތުލް އިފްތިތާހު އަދި ކުރެންދޫގައި ހުންނަ ޅ. އަތޮޅު މަދަރުސާގެ ދަރިވަރުންނަށެވެ.
މި ޖޫން މަހުގެ 3 އަދި 4 ވަނަ ދުވަހު އެ ދެ ސުކޫލުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގެ ތެރެއިން މަދަރުސަތުލް އިފްތިތާހުގައި ކުރިއަށް ގެންދިޔަ ސެޝަންތައް ހާއްސަކޮށްފައިވަނީ އެ ސުކޫލުގެ ގުރޭޑު 11 އަށް އަލަށް ގުޅުނު ދަރިވަރުންނަށެވެ.
ޅ. އަތޮޅު މަދަރުސާގެ ދަރިވަރުންގެ ސެޝަންގައި މައުލޫމާތު ދީފައިވަނީ އެ މަދަރުސާގެ ގުރޭޑު 9 އިން 11 އަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށެވެ.
މި ސެޝަންތަކުގައި މައިގަނޑު ގޮތެއްގައި މައުލޫމާތު ދީފައިވަނީ ފުލުހުންގެ ތެރޭގައި ހުރި ފުރުސަތުތަކާއި ފުލުހުންގެ މަސައްކަތްތަކާ ގުޅޭގޮތުން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައުލޫމާތުދެއެވެ.
އެގޮތުން، ފުލުހުންގެ ތެރޭގައި ކުރިއަށް ދެވެންހުރި ދާއިރާތަކާއި، ތައުލީމު އުނގެނުމުގެ ފުރުސަތުހުރި ދާއިރާތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވެއެވެ. އަދި ފުލުހުންގެ ރެކްރޫޓްމަންޓް ކުރިއަށްދާގޮތާއި ފުލުހަކަށް ވީތީ ލިބޭ އިނާޔަތްތަކާއި އެހެނިހެން ފައިދާތައް މި ސެޝަންތަކުގައި ކިޔައިދީފައިވެއެވެ.
އޭގެ އިތުރުން، ދަރިވަރުންގެ މެދުގައި ގުޅުން ބަދަހިކޮށް ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ޓީމް ބިލްޑިންގ ހަރަކާތްތައް ވެސް މި ސެޝަންތަކުގެ ތެރެއިން ކުރިއަށް ގެންގޮސްފައިވެއެވެ.
މި ސެޝަންތަކުގައި މަދަރުސަތުލް އިފްތިތާހުގެ 30 ދަރިވަރުންނާއި ޅ. އަތޮޅު މަދަރުސާގެ 55 ދަރިވަރުން ބައިވެރިވެފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މައުުލޫމާތުދެއެވެ.