ENGLISH
06 ޖޫން 2026
ތާރު އެޅުމަށް މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ބަންދުކުރަނީ
06 ޖޫން 2026
|
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުން- ފޮޓޯ: އެމްޓީސީސީ
އެންމެ މަޤްބޫލު
މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫގެ ދަށުން ތާރުއެޅުމަށްޓަކައި، އެ ސަރަހައްދުގެ ބައެއް މަގުތައް އާންމު ދަތުރުފަތުރަށް ބަންދުކުރުމަށް ނިންމައިފިއެވެ.
ފުލުހުން ބުނީ 2026 ޖޫން 7 ވާ އާދީއްތަ ދުވަހުގެ ރޭދަމުން 00:00 އިން ފެށިގެން މަގު ބަންދުކުރުމަށް ހަމަޖެހިފައވާ ކަމަށެވެ.
މިގޮތުން ބަންދުކުރެވޭނީ މި މަޝްރޫއާ ގުޅިގެން އާންމުކޮށްފައިވާ ޗާޓުގައި ފާހަގަކޮށްފައިވާ ސަރަހައްދުތަކެވެ.
މި ނިންމުމަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ތަރައްގީގެ މަޝްރޫގެ ދަށުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ނިންމުމެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން، މާލޭގެ ތޮއްޖެހުން ކުޑަކޮށް މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ފާހަގަކޮށްލެވެއެވެ.
މަގު ބަންދުކޮށްފައި ހުންނަ ވަގުތުތަކުގައި އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ބަދަލު މަގުތައް ބޭނުންކުރުމަށާއި، ޓްރެފިކް ފުލުހުންގެ އިރުޝާދުތަކަށް ބޯލެނބުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
މި މަސައްކަތުގެ ސަބަބުން އާންމުންނަށް ދިމާވެދާނެ ދަތިތަކަށް މިނިސްޓްރީން ވަނީ މައާފަށް އެދިފައެވެ.
މި މަޝްރޫ ނިމުމުން މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނުމަގުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.