ENGLISH

06 ޖޫން 2026

Advertisement

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓު ގުނަން ފަށައިފި

06 ޖޫން 2026

|

ޢަލީ ޝަހީމް

ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުގެ ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: އިލެކްޝަންސް ކޮމިޝަން

މިއަދު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގެ ވޯޓު ފޮށިތައް ގުނަން ފަށައިފިއެވެ. 

ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުގައި 4،121 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބެއެވެ. އެއީ 2073 އަންހެނުންނާއި 2048 ފިރިހެނުންނަށެވެ.

ވޯޓުލުމުގެ ވަގުތު ހަމަވުމާއެކު، މާލޭގައި ހުރި ވޯޓު ފޮށިތައް ގުނަން ފަށާފައިވަނީ މިއަދު ހަވީރު 5:40 ގަ އެވެ. އަދި އައްޑޫ ސިޓީގައި ހުރި ވޯޓު ފޮށިތައް ހަވީރު 5:30 ހާއިރު ވަނީ ގުނަން ފަށާފައެވެ. 

ބައި-އިލެކްޝަނުގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ޖެހިއިރު އެވެ. ވޯޓުލުން ކުރިއަށްގެންދަން ނިންމީ ހަވީރު 4:00 އާ ހަމައަށެވެ. އެކަމަކު ކިޔޫގައި ގިނަ އަދަދެއްގެ ބަޔަކު ތިބުމާއެކު ވޯޓުލުމުގެ މުއްދަތު ހަވީރު 5 އާ ހަމައަށް އިތުރުކުރިއެވެ. 

މި އިލެކްޝަނުގައި ހަތް ވޯޓު ފޮށި ވަނީ ބަހައްޓައިފައެވެ. އެއީ މާލޭގައި ދެ ފޮށި އަދި އައްޑޫ ސިޓީގައި ތިން ފޮެއްޓެވެ. 

އިންތިހާބުގައި ވާދަކުރައްވަނީ ވެރިކަންކުރާ ޕީއެންސީގެ ކެންޑިޑޭޓު އައްޑޫ ސިޓީ ކައުންސިލުގެ ކުރީގެ މެންބަރު އަޙްމަދު ސަޢީދު (ސޮޑާ) އާއި އެމްޑީޕީގެ ކެންޑިޑޭޓު އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އެވެ.

ކިޔުންތެރިންގެ ހިޔާލު