ENGLISH

06 ޖޫން 2026

Advertisement

އައިއެޗްއެފް ޓްރޮފީގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޓީމުތަކަށް ޖާޒީ ހަވާލުކޮށްފި

06 ޖޫން 2026

|

ސުވެއިދާ ހުސެއިން

ރާއްޖޭގެ ޤައުމީ 18 އަހަރާއި، 20 އަހަރުން ދަށުގެ ޓީމުތަކަށް ޖާޒީ ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ: ކުޅިވަރާ ބެހޭ ވުޒާރާ

މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ހޭންޑްބޯލް ފެޑެރޭޝަން (އައިއެޗްއެފް) ޓްރޮފީގައި ވާދަކުރާ ދިވެހިރާއްޖޭގެ ޤައުމީ ޓީމުތަކަށް ޖާޒީ ހަވާލުކޮށްފިއެވެ.

މި ޓީމުތަކަށް ޖާޒީ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ސްޕޯޓްސް، މުޙައްމަދު ޠަލާލެވެ. 

މި އަހަރު އައިއެޗްެއެފް ޓްރޮފީ މުބާރާތުގައި ރާއްޖޭގެ 18 އަހަރުން ދަށުގެ ޤައުމީ ޓީމާއި، 20 އަހަރުން ދަށުގެ ޤައުމީ ހޭންޑްބޯޅަ ޓީމު ވާދަކުރެއެވެ. 

މިމަހުގެ 10 އިން 14 އަށް ބަންގްލަދޭޝްގައި ކުރިއަށްދާ މި މުބާރާތަކީ، މި ސަރަހައްދުގެ ހޭންޑްބޯޅައިގެ އުުންމީދީ ޒުވާން ހުނަރުވެރި ކުޅުންތެރިންގެ ހުނަރުތައް ފެނިގެންދާނެ މުބާރާތެކެވެ.

ހޭންޑްބޯޅައަކީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަންނަ އެއް ކުޅިވަރެކެވެ. އެގޮތުން ބައިނަލްއަގުވާމީ މުބާރާތަކުން ފާހަގަކޮށްލެވޭ ފަދަ ރަނގަޅު ނަތީޖާތަކެއް ހޭންޑްބޯޅައިން ރާއްޖޭގެ ޤައުމީ ޓީމުތައް އަންނަނީ ހޯދަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު