ENGLISH

04 ޖޫން 2026

Advertisement

އައްޑޫ ސިޓީ ކައުންސިލުން ކުއްޔަށް ދޫކުރި ބިންތައް؛ ބައެއް ބިންތަކުގެ ކުލީގެ ރެކޯޑު ނެތް، ނުލިބި 6.6 މިލިއަން

04 ޖޫން 2026

|

ޝިފްޒާން އަޙްމަދު

އައްޑޫ ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލު

އައްޑޫ ސިޓީ ކައުންސިިލުން ކުއްޔަށް ދޫކޮށްފަައިހުރި ބިންތަކުގެ ތެރެއިން ބައެއް ބިންތަކާ ގުޅޭ ރެކޯޑުތައް ބަލަހައްޓާފައިނުވާއިރު ބިންތަކުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން 6.6 މިލިއަން ރުފިޔާ ކައުންސިލަށް ލިބިފައިނުވާކަން އޮޑިޓު އޮފީހުން ހާމަކޮށްފިއެވެ. 

އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރެފައިވާ އައްޑޫ ސިޓީ ކައުންސިލުގެ 2021 އަދި 2022 ގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާ ގޮތުން ޑިސެންބަރު 31، 2024 ވަނަ ދުވަހުގެ ނިޔަލަށް، ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ކުލީގެ ގޮތުގައި ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި 13.9 މިލިއަން ރުފިޔާ ރެކޯޑުކުރެވިފައި ހުއްޓެވެ. 

ރިޕޯޓުގައި ފާހަގަކުރި އެއް ނުކުތާއަކީ ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ތެރެއިން 14 ބިމަކަށް ފައިސާ ދޫކުރަމުން އައި ގޮތުގެ ރެކޯޑުތައް ބަލަހައްޓާފައި ނެތުމެވެ. އެހިސާބުތައް ބަލަހައްޓާފައި ނެތުމުގެ ސަބަބުން އެބިންތަކުން ލިބެންޖެހެނީ ކިހައި އަދަދެއްގެ ފައިސާއެއް ކަށަވަރުކުރެވެން ނެތްކަމަށް އޮޑިޓު އޮފީހުން ބުނެފައިވެއެވެ. 

އޭގެ އިތުރަށް ބައެއް ގޮތްގޮތުން ކައުންސިލަށް ލިބެންޖެހޭ ފައިސާ ކައުންސިލަށް ލިބެންޖެހޭ ފައިސާގެ ރެކޯޑުގެ ތެރޭގައި ހިމަނާފައިނުވާކަން އޮޑިޓު ރިޕޯޓުން ހާމަވިއެވެ. އެގޮތުން، މިފްކޯއަށް ހިތަދޫގައި އައިސްޕްލާންޓު ހިންގުމަށް ދޫކުރި ބިމުގެ ކުލީގެ ތެރެއިން ލިބެންޖެހޭ 3.9 މިލިއަން ރުފިޔާއާއި، އައްޑޫ ޕީޕަލްސް ކޯޕަރޭޓިވް ސޮސައިޓީއަށް ދޫކުރި ލޯނުގެ ރިޕޭމެންޓާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 2.07 މިލިއަން ރުފިޔާއާއި، ޓޫރިޒަމް ބޭނުންތަކަށް ކުއްޔަށް ދޫކުރި އަށް ބިމަކުން ލިބެންޖެހޭ 439،297 ރުފިޔާ ލިބެންޖެހޭ ފައިސާގެ ރެކޯޑުތަކުގެ ތެރޭގައި ހިމަނާފައިނުވެއެވެ. 

އިތުރަށް އޮޑިޓު އޮފީހުން ފާހަގަކުރި ގޮތުގައި ކައުންސިލުން ކުއްޔަަށް ދޫކޮށްފައިވާ 54 ބިމެއްގެ ކުލި ނުލިބޭތާ ގިނަ ދުވަސްތަކެއްވެފައވެއެވެ. އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ޑިސެންބަރު 31، 2024 ވަނަ ދުވަހުގެ ނިޔަލަށް އެބިންތަކުން ކައުންސިލުގެ އިދާރާއަށް 7.6 މިލިއަން ރުފިޔާ ނުލިބި ހުއްޓެވެ. 

އެ ފައިސާގެ ތެރޭގައި 2013 ވަނަ އަހަރުން ފެށިގެން ނުލިބި ހުރި ފައިސާ ހިމެނެއެވެ. އެ ފައިސާގެ ތެރެއިން 986،365 ރުފިޔާ 2025 ވަނަ އަހަރު ކައުންސިލަށް ލިބުނެވެ. 

ނަމަވެސް މޭ 18، 2026 ވަނަ ދުވަހުގެ ނިޔަލަށް ކައުންސިލަށް ނުލިބިހުރި ފައިސާގެ އަދަދު 6.6 މިލިއަން ރުފިޔާއަށް އަރައެވެ. މިފައިސާ ނުލިބި ދިގުލައިގެންގޮސްފައިވާއިރު ފައިސާ އަނބުރާ ހޯދުމަށް މާލިއްޔަތު ގާނޫނާއި ގަވާއިދުގެ ދަށުން އެކި މަރުހަލާތަކުގައި އަޅަންޖެހޭނެކަމަށް ބަޔާންކުރާ ފިޔަވަޅުތައް އަޅާފައިނުވާކަމަށްވެސް އޮޑިޓު ރިޕޯޓުން ބުނެފައިވެއެވެ. 

އޮޑިޓު ރިޕޯޓުގައި ފާހަގަކުރި ގޮތުން މިއިން ބައެއް ބިންތަކަށް ކުލިނުދައްކާތާ ޖުމްލަ 11 އަހަރަށްވުރެ ގިނަ ދުވަސްވެފައިވެއެވެ. އެވެރެޖުކޮށް މި ބިންތަކަށް ކުލިނުދައްކާތާ ފަސް އަހަރުވެފައިވާކަން ފާހަގަކުރެވެއެވެ. 

ކިޔުންތެރިންގެ ހިޔާލު