ENGLISH

04 ޖޫން 2026

Advertisement

ހުމާއި ރޯގާއިން ރައްކާތެރިވުމަށް އިލްތިމާސްކޮށްފި

04 ޖޫން 2026

|

އާމިނަތު ނުޒްލާ

ހުމާއި ރޯގާއިން އިން ރައްކާތެރިވުމަށް އިލްތިމާސްކުރުން-- ފޮޓޯ: މައި ޑޮކްޓަރ ހަބް

ހުމާއި ރޯގާގެ ކޭސްތައް އިތުރުވުމުގެ ސަބަބުން ދުރާލާ ތައްޔާރުވުމުގެ ގޮތުން ވެކްސިން ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ބުނީ، އީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެއްތަނުން އަނެއް ތަނަށް ދަތުރުކުރި މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އަދި މިމަކުގެ ސަބަބުން މިދުވަސްވަރު އާންމު ބަލިތައް ފެތުރޭ މިންވަރު އިތުރުވެފައިވާކަން އެ އެޖެންސީއަށް ފާހަގަކުރެވިފައިވާކަމަށެވެ. މިހާރު އެންމެ ގިނަ ކޭސްތައް ރިޕޯޓްކުރަމުން އަންނަނީ ރާއްޖޭގެ އުތުރުގެ ރަށްތަކުންކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.  

ހުމާއި ރޯގާގެ އިތުރުން އިންފުލުއެންޒާގެ ކޭސްތައްވެސް އިތުރުވަމުން އަންނާތީ އެކަމަށް ރައްކާތެރިވުމަށްވެސް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް އިރުޝާދު ދީފައިވެއެވެ. އަދި މިބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖެހުމަށްވެސް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.

ބަލިފެތުރުން ކޮންޓްރޯލްކުރުމަށް ކުރެވިދާނެ ކަންތައްތައްވެސް އެޗްޕީއޭއިން އަންނަނީ ތަކުރާރުކޮށް ހިއްސާކުރަމުންނެވެ. އެގޮތުން ބަލި މީހުންނަށް ޒިޔާރަތްކުރާއިރު ކުޑަކުދިން ނުގެންދިއުމަށާއި، ހުން އައިސް ރޯގާގެ އަލާތްމާތްތައް ފެނިއްޖެނަމަ ކުޑަކުދިންނާއި އެހެން މީހުންނާ ދުރުވެ އުޅުމަށް އެޗްޕީއޭއިން ނަސޭހަތްތެރިވެފައިވެއެވެ. މީގެ އިތުރުން އަރިދަފުސް ރޯގާ ޖެހިފައިވާ މީހުން ކެއްސާ ކިނބިހި އަޅާއިރު ނޭފަތާއި އަނގަ ރަނގަޅަށް ނިވާވާނެހެން މާސްކުއެޅުމަށާއި، ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ ވީހާވެސް އަވަހަށް ޓެސްޓްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

ފަރުދީ ޒިއްމާ އަދާކޮށް، ހުރިހާ މީހުންވެސް ބަލިތަކުން ރައްކާތެރި ވުމަށާއި، ބަލިފެތުރުން ހުއްޓުވުމަށް ސިއްޙީ މާހިރުންގެ އަޑު އައްސަވާ އެގޮތަށް އަމަލު ކުރުމަކީ މުހިންމު ކަމަކެވެ.

ޗުއްޓީ ދުވަސްވަރަކީ އަބަދުވެސް ރާއްޖޭގައި ބަލިތައް ފެތުރޭ މިންވަރު އިތުރުވެގެންދާ ދުވަސްވަރެކެވެ. އެހެންކަމުން ބައްޔެއްގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވަގުތުން ސިއްޙީ އެހީތެރިކަން ހޯދުމަށާއި، ބޭރުތެރޭގައި އުޅޭއިރު މާސްކް އެޅުމަށް ޑޮކްޓަރުން އިރުޝާދު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު