ENGLISH

04 ޖޫން 2026

Advertisement

ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރި މީހަކު ހައްޔަރުކޮށްފި

04 ޖޫން 2026

|

ހަނާން އަހުމަދު ނައީމް

މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި ހައްޔަރުކުރި މީހާ- ފޮޓޯ: ޕޮލިސް

ޅ.ހިންނަވަރަށް މަސްތުވާތަކެތި އެތެރެ ކުރި އެރަށު މީހެއް ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ، ހިންނަވަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަން ހިންގާފައިވަނީ ހިންނަވަރު ފުލުހުންނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

ޖޫން މަހުގެ 3 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޑިވައިންޓެސްޓް / ޅ. ހިންނަވަރު، މުޙައްމަދު އަންދާޒު އަޙްމަދު (39އ) އެވެ.

ހިންނަވަރު އޭޓީއެމް ބަނދަރު ސަރަހައްދުން އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެެލެވޭ އެއްޗެއްހުރި ދެ ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ.

މި ތަކެތީގެ ވަގުތީ ބަރުދަނަކީ 189.5 ގުރާމެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު