ENGLISH

04 ޖޫން 2026

Advertisement

ނ. މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ރޭނުމުގެ މަސައްކަތް ކުރިއަށްދަނީ

04 ޖޫން 2026

|

އާމިނަތު ނުޒްލާ

ނ.މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ރޭނުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ: އެމްޓީސީސީ

ނ. މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރަމުން އަންނަކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މިހާރު ކުރިއަށް ދަނީ އެ ސެންޓަރު ރޭނުމުގެ މަސައްކަތް ކަމަށެވެ.

ނ.މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ރޭނުމުގެ މަސައްކަތުގެ ތެރެއިން--ފޮޓޯ: އެމްޓީސީސީ

މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ނ. އަތޮޅަށް މިދިޔަ އަހަރު ޖުލައި މަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިން މަގޫދޫއަށް ވަޑައިގެން ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

މަގޫދޫ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވާ ދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުالله ރާފިޢުއެވެ.

ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސްގެ ވައުދުފުޅެކެވެ.

އެމްޓީސީސީން އަންނަނީ ރާއްޖޭގެ ތަރައްގީގައި ބޮޑު ހިއްސާއެއް އަދާކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު