ENGLISH

04 ޖޫން 2026

Advertisement

އަންހެނުންނަށް ހާއްސަ ލީޑާރޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

04 ޖޫން 2026

|

އާމިނަތު ނުޒްލާ

އަންހެނުންނަށް ހާއްސަ ޕްރޮގްރާމެއްގެ ތެރެއިން-- ފޮޓޯ: އެމްއެމް

އަންހެނުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ އިސްލާމިކް ލީޑާރޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ މި ޕްރޮގްރާމް އަމާޒުކޮށްފައިވަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ އަންހެން ބޭފުޅުންނަށް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ. އެގޮތުން މި ހަރަކާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 5 އަދި 6 ވާ ދުވަހު، ސަލްމާނު ރަސްގެފާނު މިސްކިތުގެ ފަސްވަނަ ފަންގިފިލާގައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، މި ޕްރޮގްރާމްގައި ލީޑާރޝިޕް ހުނަރުތަކާ ގުޅޭ ތަފާތު ސެޝަންތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ. މި ޕްރޮގްރާމް ފުރިހަމަކުރާ ބައިވެރިންނަށް ސެޓްފިކެޓް ދިނުމުގެ އިތުރުން، އެންމެ ފާހަގަކޮށްލެވޭ ލީޑަރޝިޕް ހުނަރު ދައްކައިދޭ 10 ބައިވެރިއަކަށް "މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އެންޑް އެންޑައުމަންޓްސް ޔޫތު ލީޑަރޝިޕް އެމްބެސެޑަރ" ގެ މަގާމު ދިނުމަށް ނިންމާފައިވެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާން ޝައުގުވެރިވާ މީހުން، އެ ވުޒާރާގެ ރަސްމީ ވެބްސައިޓުގައިވާ ގޫގަލް ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު