ENGLISH

26 މޭ 2026

Advertisement

އީދު ބަންދާ ދިމާކޮށް މޯލްޑިވިއަންގެ އިތުރު ދަތުރުތަކެއް ބާއްވަނީ

26 މޭ 2026

|

އައިމިނަތު ޝަފާ

މޯލްޑިވިއަންގެ ބޯޓެއް

ގައުމީ އެއާލައިން-- މޯލްޑިވިއަންއިން ރާއްޖޭގެ އެކި މަންޒިލްތަކަށް ކުރާ ދަތުރުތައް ބޮޑު އީދު ބަންދާ ދިމާކޮށް އިތުރުކޮށްފި އެވެ.

މިދުވަސްވަރު މޯލްޑިވިއަންގެ ދަތުރުތައް އިތުރުކުރީ އީދު ބަންދާ ދިމާކޮށް ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ ޑިމާންޑު އިންތިހާއަށް ބޮޑުވުމުން ނެވެ.

މި ދުވަސްވަރާ ދިމާކޮށް މޯލްޑިވިއަނުން ވަނީ ޝެޑިއުލް ދަތުރުތަކުގެ އިތުުރުން، އިތުރު ފްލައިޓްތަކެއް ތާވަލުކޮށްފަ އެވެ. މިގޮތުން އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހު އިތުރު ފްލައިޓްތަކެއް ބޭއްވުމަށް ނިންމާފައިވެ އެވެ.

މޯލްޑިވިއަންއިން އިތުރު ދަތުރުތައް ތަވާލުކޮށްފައި ވަނީ:

* 30 މެއި (ހޮނިހިރު)- 9:25 މާލެ - ދަރަވަންދޫ

                10:35 ދަރަވަންދޫ - މާލެ

* 31 މެއި (އާދިއްތަ)- 19:50 މާލެ - ކޫއްޑޫ

                19:50 މާލެ - ކައްދޫ

                5:10 މާލެ - ހަނިމާދޫ

                6:40 ހަނިމާދޫ - މާލެ

                8:10 މާލެ - ހޯރަފުށި

                8:00 މާލެ - އިފުރު

އީދު ބަންދުތެރޭގައި މޯލްޑިވިއަނުންކުރާ އެތެރޭގެ ދަތުރުތައް އިތުރުކޮށްފައިވާކަމަށާއި، މި ފަހަރުގެ އީދު ބަންދުގައި 1،227 ދަތުރު އެ އެއާލައިނުން ކުރާނެކަމަށް އެ އެއާލައިނާ ހަވާލާދީ ސަރުކާރުގެ އިސް ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް ވެސް ވިދާޅުވެފައިވެއެވެ. 

އެހެން މަސްމަހު ކުރާ ދަތުރުތަކަށްވުރެ އީދު ބަންދުގައި ކުރާ ދަތުރުތައް މޯލްޑިވިއަނުން 20 އިންސައްތަ އިތުރުކޮށްފައިވާކަމަށް އޭރު ތަރުޖަމާނު ވިދާޅުވި އެވެ. އީދު ބަންދާ ދިމާކޮށް މޯލްޑިވިއަނުން އެކަނިވެސް 64،000 މީހުން ދަތުރުކުރާނެކަމަށް އަންދާޒާކުރެވޭކަމަށާއި އެހެން އެއާލައިންތަކުގެ ދަތުރުތަކާއެކު މި އަދަދު އިތުރުވެގެންދާނެކަމަށް ވެސް ތަރުޖަމާނު ވިދާޅުވި އެވެ. 

ކިޔުންތެރިންގެ ހިޔާލު