ENGLISH
26 މޭ 2026
ގިނައަދަދެއްގެ ބަނގުރާ ފުޅިތަކާއެކު، ސަފާރީއަކުން ދެ ބިދޭސީން ހައްޔަރުކޮށްފި
26 މޭ 2026
|
މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ ބިދޭސީން-- ފޮޓޯ: ފުލުހުންގެ އިދާރާ
އެންމެ މަޤްބޫލު
ގިނައަދަދެއްގެ ބަނގުރާފުޅިތަކާއެކު، ސަފާރީއަކުން ދެ ބިދޭސީން ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ، ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރިކޮށް، މަސްތުވާތަކެތި ބޭނުންކޮށް ގެންގުޅެ، އެ ތަކެތީގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 24 ވަނަ ދުވަހު ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ އެމްޑީ ފަޒްލީ ރަބީ (25އ) އާއި، އެމްޑީ ޝަހަޖަން ސަވަލް (36އ) އެވެ.
ފުލުހުން ބުނީ، މި މަހުގެ 24 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި، މި ދެ މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އެ ސަފާރީ ބަލައިފާސްކުރިއިރު 207 ފުޅި ބަނގުރަލާއި، މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި (ވަގުތީ ބަރުދަން4.43 ގުރާމް) ފެނިފައިވާ ކަމަށްވެސް ބުނެފައިވެ އެވެ. އޭގެ އިތުރުން ގިނަ އަދަދެއްގެ ފައިސާއާއި ޔޫއެސް ޑޮލަރު ވެސް ފެނިފައިވެ އެވެ .
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ މި މައްސަލަ އަންނަނީ އިތުރަށް ތަހުގީގުކުރަމުން ކަމަށެވެ.