ENGLISH
26 މޭ 2026
ޑައިވަރުންގެ އޮޓޮޕްސީ ހަދައިފި، މަރުވި ސަބަބެއްކަމަށް ބެލެވެނީ ނޭވާ ހާސްވުން
26 މޭ 2026
|
ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީވިލާތުގެ ހަތަރު ޑައިވަރުން ހޯދުމުގެ މަސައްކަތުގެ ތެރެއިން.
އެންމެ މަޤްބޫލު
ވ. އަތޮޅު އަލިމަތާ ކޭވްއަށް ޑައިވިނަށް ގޮސް އުޅެނިކޮށް މަރުވި އިޓަލީގެ ފަސް ޑައިވަރުންގެ އޮޓޮޕްސީ ހަދައިފި އެވެ.
އިޓަލީގެ ކަމާބެހޭ އިދާރާތަކުން ބުނީ ޑައިވަރުން މަރުވި ސީދާ ސަބަބު ދެނެގަނެވިފައި ނުވާކަމަށެވެ. އިޓަލީގެ ވާރެސޭގެ ހޮސްޕިޓަލެއްގައި ފެށި ތަހުލީލުތަކުން މިހާތަނަށް އެއްވެސް އާދަޔާ ހިލާފު ކަމެއް ފާހަގަކުރެވިފައި ނުވި ނަމަވެސް، މަރުގެ ފަހުގެ ނިންމުން ނިންމާނީ ވިހަގަދަ މާއްދާއެއް ހަށިގަނޑުގައި ހުރިތޯ ބެލުމަށް ކުރެވޭ ޓޮކްސިކޮލޮޖިކަލް ތަހުލީލުތަކަށް ފަހުގައިކަމަށް އިޓަލީގެ ކަމާ ބެހޭ އިދާރާތަކުން ބުންޏެވެ. މި މަސައްކަތްތައް ވިލަރެސްކުރައްވަނީ ޕަވިއާ ޔުނިވާސިޓީގެ ފޮރެންސިކް ސައިންސްވެރިޔާ ލޫކާ ތަޖާނާ އެވެ.
މަރުވި މީހުންގެ ތެރެއިން ޖިއަންލޫކާ ބެނެޑެޓީ އަދި ފެޑެރިކޯ ގުއަލްޓިއޭރީގެ އޮޓޯޕްސީ ހެދީ ހޯމަ ދުވަހު އެވެ. މޮނިކާ މޮންޓެފަލްކޯން، ޖިއޯޖިއާ ސޮމަކަލް އަދި މިއުރިއަލް އޮޑެނީނޯގެ އޮޓޮޕްސީ ހެދީ އިއްޔެ އެވެ. ޑައިވަރުން މަރުވި ސީދާ ސަބަބު ދެނެގަނެވިފައި ނުވިނަމަވެސް ތަޖުރިބާކާރުން ބުރަވަނީ ޑައިވަރުން މަރުވާން ދިމާވި އެންމެ ބޮޑު ސަބަބަކީ ނޭވާ ހާސްވެ، ގެނބުމެވެ. ފޮރެންސިކް ރިޕޯޓް ކުރިއަށް އޮތް 90 ދުވަހުގެ ތެރޭގައި ހުށަހަޅާނެ ކަމަށް ބެލެވެއެވެ.
މި ހާދިސާގެ ތަހުގީގު ރާއްޖެއާއި އިޓަލީގެ ސަރުކާރުން ކުރިއަށްގެންދާއިރު ޑައިވަރުން ބޭނުންކުރި ގޯ-ޕްރޯ ކެމެރާތަކުގެ ފްޓޭޖްތައް މިހާރު ދަނީ ދިރާސާ ކުރަމުން ނެވެ.
މި ހާދިސާއާ ގުޅިގެން ޔުނިވާސިޓީ އޮފް ޖެނޯއާ އާއި މަރުވި ޑައިވަރުންގެ އާއިލާތަކާ ދެމެދު ބަހުގެ ހަމަލާތަކެއް ބަދަލުކުރަމުންދާކަމަށް ވެސް އިޓަލީގެ ނޫސްތަކުން ރިޕޯޓުކުރެއެވެ. ޔުނިވާސިޓީން ބުނެފައިވަނީ މި ޑައިވިން ދަތުރަކީ ޔުނިވާސިޓީގެ ރަސްމީ ހޯދުންތަކެއް ހޯދަން ދިޔަ ދަތުރެއް ނޫންކަމަށާއި އެއީ ޑައިވަރުން އަމިއްލަ ހައިސިއްޔަތުން ކުރި ކަމެއް ކަމަށެވެ. ނަމަވެސް މަރުވި ޑައިވަރުންގެ އާއިލާތަކުގެ ވަކީލުން މިކަން ދޮގުކުރެއެވެ.
މަރުވި ޕްރޮފެސަރު މޮންޓެފަލްކޯންގެ މައުލޫމާތު ޔުނިވާސިޓީގެ ވެބްސައިޓުން އުނިކުރުމާ ގުޅިގެން ވެސް އާއިލާއިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު ޔުނިވާސިޓީން ބުނީ އެއީ މީހަކު މަރުވުމުން އޮޓޮމެޓިކުން ސިސްޓަމުން ހިންގާ އިދާރީ އިޖުރާއާތެއް ކަމަށާއި، ގަސްދުގައި މައުލޫމާތު ފޮރުވަން ކުރި ކަމެއް ނޫން ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު އަދިވެސް އަދިވެސް ދަނީ ކުރިއަށެވެ.