ENGLISH
23 މޭ 2026
ފުރަތަމަ މެޗުގައި ކިރްގިސްތާން އަތުން ރާއްޖެ ބަލިވެއްޖެ
23 މޭ 2026
ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ކިރްގިސްތާނާ ދެކޮޅަށް ނުކުތް ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމު --- ފޮޓޯ: ކާވާ
އެންމެ މަޤްބޫލު
ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕް 2026 ގައި ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމުން ކުޅުނު ފުރަތަމަ މެޗުން ކިރްގިސްތާން އަތުން ބަލިވެއްޖެއެވެ.
މި މަހުގެ 22-29 ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ރާއްޖެއިން މިއަދު ކުޅުނު މެޗުން ބަލިވީ ވަރުގަދަ ކިރްގިސްތާން އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ކިރްގިސްތާނުން ގެންދިޔައީ 25-19، 25-16 އަދި 25-22 އިންނެވެ.
ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ޖުމުލަ 8 ޓީމެއް ވާދަކުރާއިރު، ރާއްޖެ ހިމެނެނީ ގްރޫޕް އޭގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ނޭޕާލާއި، ކިރްގިސްތާން އަދި އިންޑިއާއެވެ. އަނެއް ގްރޫޕުގައި ދެން ހިމެނެނީ އިރާނާއި، ކަޒަކިސްތާނާއި، ސްރީ ލަންކާ އަދި ބަންގްލަދޭޝްއެވެ.
މުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗުގައި މާދަމާ އިންޑިއާއާ ދެކޮޅަށް ނުކުންނައިރު، ދެން ކުޅޭ މެޗުގައި 24 ވަނަ ދުވަހު ނުކުންނާނީ މުބާރާތް ބާއްވާ ގައުމު ކަމަށްވާ ނޭޕާލާ ދެކޮޅަށެވެ.
ކާވާ ވިމެންސް ވޮލީބޯލް ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ އަންހެން ޓީމަށް އިރުޝާދުދެނީ އަޙްމަދު ނަދީމް (ނަދީމްބެ) އެވެ. އަދި އެސިސްޓަންޓް ކޯޗުންނަކީ ފަތުހުﷲ ވަހީދާއި އައިމިނަތު ޒީނާއެވެ.