ENGLISH

23 މޭ 2026

Advertisement

10 ބޯލް އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ފަޔާޒް

23 މޭ 2026

10 ބޯލް އެސޯސިއޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ހޯދި ހުސައިން ފަޔާޒް --- ފޮޓޯ: އެމްޕީބީއޭ

މޯލްޑިވްސް ޕޫލް ބިލިއާޑް އެސޯސިއޭޝަން (އެމްޕީބީއޭ) އިން އިންތިޒާމުކޮށްގެން ބޭއްވި 10 ބޯލް އެސޯސިއޭޝަން ކަޕް 2026 ގެ ޗެމްޕިއަންކަން ހުސައިން ފަޔާޒް ހޯދައިފިއެވެ.

އޭނާ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެމްޕީބީއޭ ހައުސްގައި މިރޭ ކުޅުނު ފައިނަލް މެޗުގައި މިދިޔަ އަހަރުގެ ޗެމްޕިއަން އިސްމާޢީލް ޖީހާން ބަލިކުރުމަށްފަހުއެވެ.

10 ދުވަހުގެ މުއްދަތަކަށް ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ 118 ކުޅުންތެރިން ވަނީ ވާދަކޮށްފައެވެ. 16 ގްރޫޕަކަށް ބަހާލައިގެން މުބާރާތުގެ ކުޅުން ކުރިއަށްދިޔައިރު، މުޅި މުބާރާތުގައި ޖުމްލަ 441 މެޗު ކުޅެފައިވާ ކަމަށް އެމްޕީބީއޭއިން މައުލޫމާތުދެއެވެ.

ކިޔުންތެރިންގެ ހިޔާލު