ENGLISH

23 މޭ 2026

Advertisement

އަމީރުލްހައްޖު ދިވެހި ހާޖިންނާއި ބައްދަލު ކުރައްވާ ޙާލު ބައްލަވައިފި

23 މޭ 2026

|

އަޙުމަދު ޙަމީދު

އަމީރުލްހައްޖު ދިވެހި ހާޖިންނާއި ބައްދަލު ކުރައްވާ ޙާލު ބެއްލެވުން --

އަހަރު ޙައްޖުވެރިންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުަހައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ، އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވައިފި އެވެ.

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ބުނީ އަމީރުލްޙައްޖު އިޤްތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު، ދިވެހި ޙައްޖުވެރިންނާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

ހައްޖުވެރިންގެ އިސް ޝެއިޚަކަށް މި ފަހަރު ވަޑައިގެންނެވީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރު ޑރ. އިލްޔާސް ހުސެއިން އެވެ.

މި އަހަރު ޙައްޖަށްދާ ދިވެހީން މިހާރު ވަނީ ފުރާފަ އެވެ. ހުރިހާ ޙައްޖުވެރީންވެސް މިހާރު ތިބީ މައްކާގަ އެވެ. ޙައްޖު ކޯޕަރޭޝަނުން ވަނީ ކުރީ އަހަރަށްވުރެ ފުރިހަމައަށް މި ފަހަރު އިންތިޒާމުތައް ހަމަޖައްސާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު