ENGLISH
18 މޭ 2026
ފުވައްމުލައް ސިޓީގެ ހިދުމަތްތެރިޔާ، ފާރޫޤްގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
18 މޭ 2026
|
ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު
އެންމެ މަޤްބޫލު
ދިވެހި ދަައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފުވައްމުލައް ސިޓީ، މާދަނޑު، ސަމާ، ފާރޫޤް އަޙްމަދު އަވަހާރަވުމުން އެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
"އެކްސް" މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އާއްމުކުރެއްވި ތަޢުޒިޔާގެ މެސެޖުގައިވިދާޅުވީ ފާރޫޤް އަޙްމަދަކީ ދިވެހި ދަައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އަދި ވަކީން ޚާއްޞަކޮށް ފުވައްމުލަކު އަތޮޅުވެރިކަމާއި އިދާރީގޮތުން ހިންގުމުގެ އެކި މަޤާމުތަކުގައި ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ މިއަދު ދިވެހިންނާ ވަކިވީ ދިވެހި އަދަބިއްޔާތަށާއި، ދިވެހި ތާރީޚަށްވެސް ގިނަގުނަ ޚިދުމަތްކުރެއްވި ތަޖުރިބާކާރު އަގުހުރި ޝަޚްޞިއްޔަތެއް ކަމަށެވެ.
މާތް ﷲ މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރު ކުރެއްވުމަށާއި، މައްޔިތާގެ އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ރައީސުލްޖުމްހޫރިއްޔާ ވަނީ ދުޢާކުރައްވައިފަ އެވެ.
ފާރޫޤްގެ ކަށު ނަމާދު އޮތީ މިއަދު އަޞްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގަ އެވެ. ފާރޫޤް އަޙްމަދު އަވަހާރަވީ އިރު އުމުރުފުޅަކީ 85 އަހަރެވެ.