ENGLISH

18 މޭ 2026

Advertisement

އަހަރުގެ މިހާތަނަށް ރާއްޖެއަށް 871،550 ފަތުރުުވެރިން ޒިޔާރަތްކޮށްފި

18 މޭ 2026

|

އައިމިނަތު ޝަފާ

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް

އަހަރުގެ މިހާތަނަށް ރާއްޖެއަށް 871،550 ފަތުރުުވެރިން ޒިޔާރަތްކޮށްފި އެވެ. 

މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 920,572 ފަތުރުވެރިން ނެވެ. އެހެންކަމުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 5.3 އިންސައްތައިގެ ދަށްވުމެކެވެ. 

މިދުވަސްވަރު ދުވާލެއްގެ މައްޗަށް 6،408 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާއިރު މި މަހުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 70,114 އެވެ. 

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ޗައިނާ އެވެ. ޗައިނާއިން ރާއްޖެއަށް 133,724 ފަތުރުވެރިން އަހަރުގެ މިހާތަނަށް ޒިޔާރަތްކޮށްފައި ވެއެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގަދަ 10 ގައުމު: 

* ޗައިނާ: 133,724 ފަތުރުވެރިން

* ރަޝިޔާ: 114,719 ފަތުރުވެރިން

* އިނގިރޭސިވިލާތް: 75,487 ފަތުރުވެރިން

* އިޓަލީ: 67,451 ފަތުރުވެރިން

* ޖަރުމަނު: 56,554 ފަތުރުވެރިން

* އިންޑިއާ: 44,834 ފަތުރުވެރިން

* ފްރާންސް: 27,665 ފަތުރުވެރިން

* އެމެރިކާ: 21,825 ފަތުރުވެރިން

* އޮސްޓްރޭލިއާ: 20,132 ފަތުރުވެރިން

* ސްވިޒަލެންޑް: 18,066 ފަތުރުވެރިން

ފަތުރުވެރިންނަށް ހިދުމަތްދިނުމަށްޓަކައި ރާއްޖޭގައި 179 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 952 ގެސްޓް ހައުސްއާއި 171 ސަފާރީ މިހާރު ވެސް ދަނީ އޮޕަރޭޓް ކުރަމުން ނެވެ. 

ކިޔުންތެރިންގެ ހިޔާލު