ENGLISH

14 މޭ 2026

Advertisement

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ޕިކަޕެއް ދަށުވެ މީހަކު ނިޔާވެއްޖެ

13 މޭ 2026

|

އަޙުމަދު ޙަމީދު

އެކްސިޑެންޓް ވެފައި

ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި ޕިކަޕެއް ދަށުވެ މީހަކު ނިޔާވެއްޖެ އެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ދެންމެ ބުނީ  މި އެކްސިޑެންޓްގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 22:12 އެހައިކަންހާއިރު ކަމަށެވެ.

މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ސައިކަލެއް ކަހާލައިގެން ވެއްޓުނު ވަގުތު، އެ ސަރަހައްދުން ދަތުރުކުރި ޕިކަޕެއްގެ ދަށުވެއެވެ. މި ހިތާމަވެރި އެކްސިޑެންޓުގައި އަނިޔާވި މީހާ ވަނީ ނިޔާވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަަށް ވެސް ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު