ENGLISH
13 މޭ 2026
ވޭވަށު ގޮނޑި ކޮންގްރެސްއަށް، މެޖޯރިޓީ އެނބުރިއްޖެ
13 މޭ 2026
|
އިންތިޚާބެއްގައި މީހަކު ވޯޓް ދިނުމުގެ ކުރީން އިނގިލީގައި ފާހަގަ ޖަހަނީ
އެންމެ މަޤްބޫލު
މ. ވޭވަށު ކައުންސިލްގެ ގޮނޑި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުމާއެކު އެ ރަށު ކައުންސިލްގެ މެޖޯރިޓީ އެ ޕާޓީއަށް ލިބިއްޖެ އެވެ.
ވޭވަށު ކައުންސިލްގެ ގޮނޑި ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހަށް ލިބުނީ އިންތިޚާބުގައި ބާތިލު ވޯޓްތަކެއް ގުނާފައިވާ ކަމަށް ބުނެ އޭނާގެ ފަރާތުން ހައިކޯޓަށް ހުށައެޅި މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ނިންމި ނިންމުމާއެކު އެވެ.
ހައިކޯޓުން ވަނީ އިންތިޚާބުގައި ގުނާފައިވާ ތިން ވޯޓެއް ބާތިލު ކަމަށް ކަނޑައަޅާފަ އެވެ. އެއާއެކު ކުރީން ވެސް ނަޒީހަށް ލިބުނު ވޯޓްގެ އަދަދަށް ބަދަލެއް ނާދެ އެވެ. އެއީ 119 ވޯޓެވެ.
ނަމަވެސް އެމްޑީޕީގެ ކެންޑިޑޭޓް އަހްސަން ނައީމަށް ލިބިފައިވާ 121 ވޯޓްގެ ތެރެއިން ތިން ވޯޓެއް ބާތިލު ވޯޓް ކަމަށް ކަނޑައެޅުމުން އޭނާއަށް ލިބުނު ވޯޓްގެ އަދަދު ވަނީ 118 އަށް ވެއްޓިފަ އެވެ.
މި ނިންމުމާއެކު ނަޒީހަށް ގޮނޑި ކަށަވަރުވެ އެ ރަށު ކައުންސިލްގެ މެޖޯރިޓީ ވަނީ ކޮންގްރެސް ޕާޓީއަށް ލިބިފަ އެވެ.