ENGLISH
13 މޭ 2026
ގއ އަތޮޅުން އައްޑޫއަށް ހުދު ސަމާލު، ބޯކޮށްވާރޭވެހޭނެ
13 މޭ 2026
|
މޫސުން ގޯސް ދުވަހެއް --
އެންމެ މަޤްބޫލު
ގއ. އަތޮޅުން އައްޑޫސިޓީ ހިމެނޭ ސަރަޙައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ދެންމެ ވަނީ ގއ. އަތޮޅުން އައްޑޫސިޓީ ހިމެނޭ ސަރަޙައްދަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފަ އެވެ. ހުދު ސަމާލު ނެރެފައިވަނީ މިރޭ މެންދަމު 2:00 އާ ހަމައަށެވެ.
އެެ ވަގުތުތަކުގައި ބޯކޮށްވާރޭވެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. އަދި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މިއީ މުޅި ރާއްޖެއަށްވެސް ވަރަށް މޫސުން ގޯސް ދުވަސްވަރެކެވެ. ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހެ އެވެ. ވައިވެސް ވަރަށް ގަދަ އެވެ. ބައެއް ސަރަޙައްދުތަކުގެ ކަނޑުތައް ވެސް މި ދުވަސްވަރު ވަރަށް ގަދަ އެވެ.