ENGLISH
13 މޭ 2026
ތިލަފުށީ ފަޅު ތެރޭގައި ހުރި އުޅަނދުތައް ނަގައި ހުސްކުރަމަށް އަންގައިފި
13 މޭ 2026
|
އުޅަނދުތައް ހުސްކުރަން އަންގާފައިވާ ސަރަހައްދު- އެޗްޑީސީ
އެންމެ މަޤްބޫލު
ކ.ތިލަފުށީގައި ހިންގަމުންދާ މަޝްރޫތަކަށް ހުރަސްއެޅޭނެ ފަދަ ގޮތަށް ހުރި އުޅަނދުތައް ނަގައި ހުސްކުރުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އަންގައިފިއެވެ.
އެ އިއުލާނުގައި ވަނީ، ކ.ތިލަފުށީގައި ހިންގާ ތަރައްޤިގެ މަސައްކަތްތަކަށް ހުރަސްއެޅޭނެހެން ފަޅު ތެރޭގައި ދޫކޮށްލާފައިވާ، އަދި އެސަރަހައްދަށް އަޑިއަށް ގޮސްފައިވާ އުޅަންދުތައް ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން، އެ އިއުލާނުގައި ފާހަގަކޮށްފައިވާ އުޅަނދުތައް އަންނަ ހަފްތާ އަންގާރަ (19 މެއި) ދުވަހުގެ ކުރިން ނެގުމަށް އަންގާފައިވެއެވެ.
އެޗްޑީސީ އިން އަންގާފައިވާ މުއްދަތުގެ ތެރޭގައި އުޅަނދުތައް ނަގާފައިނުވާނަމަ އެ ކޯޕަރޭޝަނުން ގެޒެޓް ކޮށްފައިވާ އުސޫލު ( ކ.ތިލަފުއްޓާއި ކ.ގުޅީފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގެ އުސޫލު) ގެ ދަށުން އެ އުޅަނދުތަކާއި މެދު އަމަލުކުރެވޭނެ ކަމަށް އެއިއުލާނުގައިވެއެވެ.
އެ އިއުލާނާ ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އެޗްޑީސީގެ ހޮޓްލައިން 1516 އަށް ގުޅައިގެން ސާފުކުރެވޭނެއެވެ.