ENGLISH
10 މޭ 2026
އައްޑޫ ސިޓީގެ ތަރައްގީއަށާއި އުޖާލާ މުސްތަގުބަލަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ސައީދު: ސިނާނު
10 މޭ 2026
|
ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މަޖިލިސް މެންބަަރު މުހައްމަދު ސިނާނާއި ޕީއެންސީގެ ފަރާތުން އެ ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ އަހްމަދު ސައީދު
އެންމެ މަޤްބޫލު
އައްޑޫ ސިޓީއަށް މެދުކެނޑުމެއް ނެތި ތަރައްގީއާއި ކުރިއެރުން ގެނައުމަށާއި، ރައްޔިތުންނަށް އުޖާލާ މުސްތަގުބަލެއް ހޯދުމަށް އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން އައްޑޫ ސިޓީ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ވާދަކުރައްވާ ކެންޑިޑޭޓު އަހްމަދު ސައީދު ކަމަށް، ހިތަދޫ އުތުރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ
ސިނާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކެންޑިޑޭޓް އަޙްމަދު ސައީދު ( ސޯޑާ ) އަކީ ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ އަޑު އިއްވަވައި، ރައްޔިތުން ތަމްސީލުކުރެއްވުމުގެ ފުރިހަމަ ގާބިލުކަން ހުރި އުއްމީދީ ކެންޑިޑޭޓެއްކަމަށެވެ.
އަދި ސަރުކާރުގެ ފުރިހަމަ ތާއީދާއި އެއްބާރުލުމާ އެކު، އައްޑޫ ސިޓީއަށް ބޭނުންވާ ތަރައްގީގެ މުހިންމު މަޝްރޫއުތަކާއި، ޚިދުމަތްތައް ފުޅާކުރުމަށާއި، ވިޔަފާރިއާއި އިގްތިސާދީ އާ ފުރުސަތުތައް ފަހިކޮށްދިނުމަށް ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ހުޅުވިގެންދާނެ މައި ދޮރޯއްޓަކަށް ސައީދު ވެވަޑައިގަންނަވާނެ ކަމުގައި ސިނާނު ވިދާޅުވިއެވެ.
" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއީއްޒުގެ ދުރުވިސްނޭ ލީޑަޝިޕްގެ ދަށުން،، އައްޑޫ ސިޓީއަށް މެދުކެނޑުމެއް ނެތި ތަރައްގީއަށާއި ރައްޔިތުންގެ އުޖާލާ މުސްތަގުބަލަށްޓަކައި، މި ދާއިރާއަށް އެންމެ އެކަށީގެންވާ ބޭފުޅަކީ ޝައްކެއްވެސް ނެތް ގޮތުގައި ސަރުކާރު ކެންޑިޑޭޓް އަޙްމަދު ސައީދު ( ސޯޑާ ) ކަމުގައި އަޅުގަނޑު ދެކޭތީ ހިތަދޫ އުތުރު ދާއިރާގެ ހުރިހާ ރައްޔިތުން އަޙްމަދު ސައީދު ( ސޯޑާ ) ކެންޑިޑޭޓް ނަންބަރު 1 އަށް ވޯޓު އަޅާ އިންތިހާބު ކޮށްދެއްވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް " - ޝިނާންގެ ޕޯސްޓްގައި ވިދާޅުވި--
މި ވާހަކަ ހިތަދޫ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންނާ ހިއްސާކުރައްވަން ބޭނުންފުޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ މަގާމުގައި ހުންނަވައިގެން، ހިތަދޫ އުތުރު ދާއިރާގެ ލޮބުވެތި ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގެ ފަހުރުވެރި ޝަރަފު ލިބިވަޑައިގެންފައިވާ ބޭފުޅެއްގެ ހައިސިއްޔަތުންކަމަށާއި، އައްޑޫ ސިޓީއާއި މުޅި ގައުމުގެ ކުރިއެރުމާއި ތަރައްގީއަށް އެދިވަޑައިގަންނަވާތީ ކަމަށް ސިނާނު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ މުޙައްމަދު ސިނާންގެ ސާބިތު ދަރަންޏެއް އޮތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހުކުރުމްކުރުމާ ގުޅިގެންނެވެ. ސިނާނުވަނީ ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރައްވައި ޓިކެޓު ކާމިޔާބުކުރެއްވުމަށްފަހު، ދާއިރާގެ އާއްމު ރައްޔިތުންނާ ކުރެއްވި މަޝްވަރާއަށްފަހު، އިންތިހާބު ޕީއެންސީއަށް ކާމިޔާބުކުރުމުގެ ފުރުސަތު އެންމެ ބޮޑީ ފަހަތަށް ޖެހިވަޑައިގެން ޓިކެޓު އެހެން ބޭފުޅަކަށް ދެއްވުމުންކަމަށްް ފެނިވަޑައިގަންނަވާތީ، ޓިކެޓު ދޫކޮށްލައްވާފައެވެ.
ސިނާނު ޓިކެޓު ދޫކޮށްލައްވަން ނިންމެވުމާ ގުޅިގެން ޕާޓީގެ އެތެރޭގެ އިންތިހާބުގައި އޭނާއާ ވާދަކުރެއްވި ސައީދަށް އެ ޕާޓީގެ ޓިކެޓު ދިނުމަށް ނިންމިއެވެ. އެ ނިންމުމާއެކު ސިނާނުވަނީ ސައީދަށް ތާއީދުކުރައްވައި، އޭނާއަށް އިންތިހާބު ކާމިޔާބުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
ސައީދުގެ ކެމްޕެއިން ހަރަކާތްތައް އައްޑޫއާއި މާލޭގައި މިހާރު ފެށިގެން ކުރިއަށްދާއިރު އެ ކެމްޕެއިނުގައި ސިނާނުވެސް ވަރަށް އިސް ދައުރެއް އަދާކުރައްވައެވެ.