ENGLISH

10 މޭ 2026

Advertisement

ކޫއްޑޫ މަސްބަނދަރުގެ ބޮޑުބައެއްގެ މަސައްކަތް ނިމިއްޖެ

10 މޭ 2026

|

ހަނާން އަހުމަދު ނައީމް

ކޫއްޑޫ ބަނދަރު- ފޮޓޯ: މިފްކޯ

ގއ. ކޫއްޑޫ މަސްބަނދަރު ބޮޑުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް  މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

ކޫއްޑޫގައި މިހާރު ބޭނުންކުރަމުންދާ ބަނދަރު ކުޑަވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތައް ޙައްލުކޮށް މަސް ފެކްޓްރީގެ ކެޕޭސިޓީ އިތުރު ކޮށްދިނުމަކީ، ސަރުކާރުން މަސްވެރިންނަށްވެފައިވާ މުހިންމު ވަޢުދެކެވެ.

ކޫއްޑޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއު ނިމޭއިރު 300 ފޫޓުގެ މިބަނދަރު 1000 ފޫޓަށް ބޮޑުވާނެއެވެ.

މި މަޝްރޫޢަކީ، ސައުދީ ފަންޑުން 78.37 ބިލިޔަން ރުފިޔާ އިންވެސްޓް ކޮށްގެން ކުރިޔަށްގެންދާ މަޝްރޫއެއް ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެމްޓީސީސީން ބުނީ، ކޫއްޑޫގެ މަސްބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގެ 56 އިންސައްތަ މިހާރު ނިމިފައިވާ ކަމަށާއި، އަންނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި މިބަނދަރުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

މިމަޝްރޫއުގެ މަސައްކަތްތަކުގެ ތެރެއިން، ބަނދަރު ފުންކުރުމުގެ މަސައްކަތުގެ އިތުރުން ބިން ހިއްކުމުގެ 73 އިންސައްތަ މަސައްކަތާއި، ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ 71 އިންސައްތަ، އެއްގަމު ތޮށިލުމުގެ މަސައްކަތުގެ 70 އިންސައްތަ އަދި އެހެނިހެން މަސައްކަތްތަކުގެ 18 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

ކޫއްޑޫ މަސްބަނދަރުގެ މަސައްކަތަކީ، އެ ސަރަހައްދުގެ މަސްވެރިންނަށް ދިމާވެފައިވާ ދަތިތަކަށް ޙައްލެއް ހޯދައިދިނުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ. މި މަޝްރޫޢު ނިމުމުން މަސްވެރިންނަށް ބަނދަރު ބޭނުން ކުރުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.

ކިޔުންތެރިންގެ ހިޔާލު