ENGLISH

09 މޭ 2026

Advertisement

އެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް ސެކިއުރިޓީ ވަރުގަދަ ކުރުމަށް މަސައްކަތް ފަށައިފި

09 މޭ 2026

|

ހަނާން އަހުމަދު ނައީމް

އެމްއެމްއޭ ބިލްޑިންގް-- ފޮޓޯ: މޯލްޑިވްސް ފައިނޭންޝަލް ރިވިއު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ރަސްމީ ވެބްސައިޓަށް ދިމާވި ވަގުތީ މައްސަލަ ހައްލުކޮށް، އެ ވެބްސައިޓުގެ ހިދުމަތް ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

އެމް.އެމް.އޭ އިން ބުނި ގޮތުގައި، ދިމާވި ޓެކްނިކަލް މައްސަލައެއް ހައްލުކޮށް މިހާރު ވެބްސައިޓު އާންމު ހާލަތަށް ވަނީ ގެނެވިފައެވެ.

އެމް.އެމް.އޭ އިން ހާމަކުރި ގޮތުގައި، މި މައްސަލައިގެ ތެރެއިން ބަދަލުތަކެއް ގެނެސްފައިވަނީ ހަމައެކަނި ވެބްސައިޓްގެ ހޯމްޕޭޖަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގިފައި ނުވާ ކަމަށް ފާހަގަކޮށް އެމް.އެމް.އޭ އިން ބުނީ، ސަބަބުތައް އިތުރަށް ދެނެގަތުމަށާއި، ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި އަޅަންޖެހޭ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކުރުމުގެ މަސައްކަތް، ހިދުމަތްދޭ ފަރާތާ ގުޅިގެން އެމް.އެމް.އޭ އިން ކުރަމުންދާ ކަމަށެވެ.

އެމް.އެމް.އޭގެ ވެބްސައިޓަކީ އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ރައްކާތެރިކުރަންޖެހޭ ސިއްރު މައުލޫމާތުތައް ބަލަހައްޓާ ސައިޓަކަށް ނުވާތީ، މީގެ ސަބަބުން އެފަދަ އެއްވެސް މައުލޫމާތަކަށް ގެއްލުމެއް ލިބިފައި ނުވާކަމުގެ ޔަގީންކަން އެމްއެމްއޭއިން ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު