ENGLISH

09 މޭ 2026

Advertisement

ހައްޖުގެ ތައްޔާރީތައް: މައްކާ ހޮޓެލުގެ އާބާތުރަ ފިލުވައިފި

09 މޭ 2026

|

އައިމިނަތު ޝަފާ

މައްކާ ހޮޓެލުގެ އާބާތުރަ ފިލުވައި މިހާރު ގެނެވިފައި ހުރި ބަދަލުތައް. ފޯޓޯ؛ ހައްޖު މިޝަން

ދިވެހި ޙައްޖުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކުރުމަތިކުރުމަށް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ކުރާ މަސައްކަތުގެ ދަށުން މައްކާ ހޮޓެލުގެ އާބާތުރަ ފިލުވައިފި އެވެ.

ހައްޖު މިޝަނުން ބުނީ މިގޮތުން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މައްކާ ހޮޓަލުގެ ހުރިހާ ކޮޓަރިތަކެއްގެ ކާޕެޓު ބަދަލުކޮށް، މޭޒާއި އެނދު ބަދަލުކޮށް، ފާޚާނާތަކުގެ ޓައިލްސް ބަދަލުކުރުންފަދަ ކަންކަން ކޮށްފައިވާކަމަށެވެ. މި މަސައްކަތުގެ ދަށުން ޖުމްލަ 355 ކޮޓަރީގެ ހޮޓަލުގެ ހުރިހާ ކޮޓަރިއަކަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. ހައްޖު މިޝަނުން ބުނީ ނިމިދިޔަ ރަމަޟާން ޢުމްރާއަށްފަހު ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް، ހޮޓަލުގެ ވެރިފަރާތަށް ދަންނަވައިގެން މި ބަދަލުތައް ގެނައުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވިކަމަށެވެ.

މައްކާ ހޮޓެލުގެ އާބާތުރަ ފިލުވުމަށް ކުރި މަސައްކަތުގެ ދަށުން ހޮޓަލުގެ ލޮބީ އޭރިއާއަށް ވެސް ބަދަލުތަކެއް ގެނެސްފައި ވެެެއެވެ. އެގޮތުން ޙާޖީން މަޑުކޮށްލައިގެން ތިބުމަށް ސޯފާތައް ވަނީ އައުކޮށްފަ އެވެ. އަދި ޙާޖީންނަށް ދީނީ އަދި އެނޫންވެސް އިރުޝާދުތައް ދިނުމަށް ކޮންފަރެންސް ހޯލެއްވެސް މިހާރުވަނީ ހޮޓަލުގައި ޤާއިމްކޮށްފަ އެވެ.

ދިވެހި ޙައްޖުވެރިންނަށް ފުރިހަމަ ޚިދުމަތެެއް ފޯރުކޮށްދިނުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ނެވެ. ޙައްޖު މޫސުމުގައި ވުޒާރާއިން މައްކާގައި ޤާއިމުކުރާ ދިވެހި ޙައްކުވެރިންގެ ކަންކަމާ ބެހޭ އޮފީހުގެ ވެރިކަށް ހަމަޖައްސަވާފައިވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް އިމްޠިޠާޢު ޢައްބާސް އެވެ.

ދިވެހި ޙައްޖުވެރިން ފުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15، 17، 18 އަދި 19 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު