ENGLISH

09 މޭ 2026

Advertisement

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ ބޮޑު އޮޕަރޭޝަނުގައި 254 މީހުން އަތުލައިގަނެފި

09 މޭ 2026

|

ހަނާން އަހުމަދު ނައީމް

އިމިގްރޭޝަނުން ބިދޭސީންނާ ގުޅިގެން މައުލޫމާތު ދެނީ

ރާއްޖޭގައި އުޅޭ ބިދޭސީންގެ ބައޯ-މެޓްރިކް ޑޭޓާ އެއްކުރުމަށް އޮޕަރޭޝަން ކުރަނގީގެ ދަށުން ކުރި މަސައްކަތުގައި އެ ޑޭޓާ ނުދީ ތިބި ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނުގައި ގަވާއިދާ ހިލާފަށް އުޅޭ 254 ބިދޭސީއަކު އަތުލައިގަނެފިއެވެ.

އިމިގްރޭޝަނުން މައުލޫމާތު ދިން ގޮތުގައި މިއަދުގެ އެ އޮޕަރޭޝަނުގައި ޖުމްލަ 639 ތަން ބަަލައި ފާސްކުރިއެވެ.

މި ތަންތަނުގައިތިބި 1،344 ބިދޭސީއެއްގެ ލިޔެކިޔުންތައް ބަލައި ފާސްކޮށް، ލިޔެކިޔުން ފުރިހަމަ ނުވާ 254 ބިދޭސީން ފާހަގަކުރެވި އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ވެ2ސް މައުލޫމާތުދީފައިވެއެވެ.

މިއަދު ފަށައިގެން ކުރިއަށް ގެންދިޔަ މި ހާއްސަ އޮޕަރޭޝަނަކީ އޮޕަރޭޝަން ކުރަނގީގެ ތިންވަނަ މަރުހަލާއެވެ.

އެގޮތުން، މި  މަރުހަލާގެ މަސައްކަތް ފެށުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ.

އެ ރަސްމިއްޔާތުގައި ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙު އަދި އެ މުއައްސަސާގެ ވެރިންނާއި އެ އޮޕަރޭޝަން ހިންގުމަށް އެކުލަވައިލި ޓާސްކްފޯސްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުން ފެށިގެން ބައޯމެޓްރިކް ޑޭޓާ ނުދީ ތިބި ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަންތައް މެނުކެނޑި ކުރިއަށްގެންދާނެ ކަމުގައި އިމިގްރޭޝަނުން މައުލޫމާތު ދީފައިވެއެވެ. އަދި މި އޮޕަރޭޝަނަކީ މުޅި ރާއްޖޭގައި ހިންގާނެ އޮޕަރޭޝަނެއްކަމަަށް އެ އިދާރާއިން ބުނެއެވެ. 

ކިޔުންތެރިންގެ ހިޔާލު