ENGLISH

09 މޭ 2026

Advertisement

ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި ރޯވެ އަނދަނީ

09 މޭ 2026

|

އަޙުމަދު ޙަމީދު

ސަފާރީގައި ރޯވެ އަނދަނީ

ހުޅުމާލެ ބޭރުގައި އޮތް ސަފާރީއެއްގައި ރޯވެއްޖެ އެވެ. 
ރޯވެފައިވަނީ "އެމްޕެރަރ އެކްސްޕްލޯރަރ" ނަމަކަށް ކިޔާ ބޮޑު ސަފާރީ ބޯޓެއްގަ އެވެ. އަލިފާންގަނޑު ނިއްވާލެވޭތޯ ސިފައިން ދަނީ މަސައްކަތް ކުރަމުންނެވެ. 

ނަމަވެސް ސަފާރީގައި ހުޅު ހިފާފައިވަނީ ވަރަށް ބޮޑަށެވެ. ސަފާރީގެ ބޮޑު ބައެއް މިހާރު ވެސް ވަނީ އަނދާފަ އެވެ.

ފުލުހުން ދެންމެ ބުނީ މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު