ENGLISH

06 މޭ 2026

Advertisement

ބިދޭސީން ވިޔަފާރިކުރަމުންދިޔަ ހަތް ތަނެއް ބަލައިފާސްކޮށް ތިން މީހަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

06 މޭ 2026

|

އައިމިނަތު ޝަފާ

މާލޭގައި ބިދޭސީން ވިޔާފާރިކުރަމުން ދިޔަ ހަތް ތަނެއްގައި މަސައްކަތްކުރަމުންދިޔަ 15 ބިދޭސީން ވަނީ ޗެކްކޮށްފައި. ފޮޓޯ؛ އިމިގްރޭޝަން

މާލޭގައި ބިދޭސީން ވިޔާފާރިކުރަމުން ދިޔަ ހަތް ތަނެއްގައި މަސައްކަތްކުރަމުންދިޔަ 15 ބިދޭސީން ޗެކްކޮށްފި އެވެ. 

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ މާލޭގައި ޤަވާއިދާ ޚިލާފަށް ބިދޭސީން ހިންގަމުންދާ ވިޔަފާރިތަކަށް އަމާޒުކޮށް، ޓާސްކްފޯސްއިން އިއްޔެ ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި، މާލޭގެ ހަތް ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އަދި 15 ބިދޭސީއެއް ޗެކްކޮށްފަވާއިރު މީގެ ތެރެއިން ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފަ އެވެ.

ބިދޭސީންގެ މަޢުލޫމާތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު މިހާރު ވަނީ އެއްކޮށްފަ އެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް މިމަހުގެ ދެ ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު ދީފައިވެއެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް ޤަވާއިދުގެ ތެރެއަށް ވަނުމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ދީފަވާއިރު މި މުއްދަތުގެ ފަހުން އިތުރު ފުރުސަތެއް ނުދޭން ސަރުކާރުން ވަނީ ނިންމާފަ އެވެ.

އަދި އަންނަ އަހަރުން ފެށިގެން އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުސަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމުގެ އިންޒާރު ސަރުކާރުން ވަނީ ދީފަ އެވެ.

ކިޔުންތެރިންގެ ހިޔާލު