ENGLISH

01 މޭ 2026

Advertisement

އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމަށް ލަމްޢާން އައްޔަނުކުރައްވައިފި

01 މޭ 2026

|

އަޙުމަދު ޙަމީދު

މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން، އައްޔަނުކުރައްވައިފި އެވެ.

ޕީސީބީން މިއަދު ބުނީ އެމްޕީއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުގައި ހުންނެވި ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކޮށް، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމަށް މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން، މިއަދުން ފެށިގެން އައްޔަނުކޮށްފައިވާ ކަމަށެވެ.

ލަމްޢާނަކީ ކޮން ބޭފުޅެއް

މުޙައްމަދު ލަމްޢާނަކީ ރާއްޖޭގެ ސަރުކާރު ހިއްސާވާ ކުންފުނިތައް ހިންގެވުމުގެ ދާއިރާގައި ތަޖުރިބާ ލިބިވަޑައިގެންފައިވާ، ހިންގުންތެރިއެކެވެ. އެންމެ ފަހުން އަދާކުރެއްވީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމެވެ. އެ މަޤާމުގައި ހުންނަވައިގެން، ރާއްޖޭގެ އުމްރާނީ ތަރައްޤީގެ އެންމެ މުހިންމު އެއް މުއައްސަސާގެ އޮޕަރޭޝަންތައް ބެލެހެއްޓުމާއި ހިންގުން ހަރުދަނާކުރުމުގައި އިސް ދައުރެއް އަދާކުރެއްވިއެވެ.

މީގެ އިތުރުން، ސަރުކާރު ހިއްސާވާ މުހިންމު އެކި ކުންފުނިތަކުގެ އިސް މަޤާމުތައް ވެސް ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމު ހިމެނެ އެވެ. އަދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ޗީފް ހިއުމަން ރިސޯސް އޮފިސަރުގެ މަޤާމާއި، ޗީފް ޕްރޮކިއުމަންޓް އޮފިސަރުގެ މަޤާމު ފުރުއްވައި، އެ ކުންފުނީގެ ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، މަސައްކަތުގެ ރޭސީ އިތުރުކުރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވެ އެވެ.

ކޯޕަރޭޓް ގަވަރނަންސް، ޕްރޮޖެކްޓް މެނޭޖްމަންޓް އަދި ލީޑަރޝިޕްގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ވަރުގަދަ ތަޖުރިބާތަކެއް ލިބިވަޑައިގެންފައިވާ މުޙައްމަދު ލަމްޢާނަކީ، ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް، ނަތީޖާ ނެރެދިނުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ގޮތުގައި މަޝްހޫރު ބޭފުޅެކެވެ.

މުޙައްމަދު ލަމްޢާން ވަނީ ޔުނިވަރސިޓީ އޮފް ކޮލަމްބޯއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ހާސިލުކުރައްވާފައެވެ. މީގެ އިތުރުން މެނޭޖްމަންޓާއި ލީޑަރޝިޕްގެ ދާއިރާއިން ގިނަ އަދަދެއްގެ ފަންނީ ތަމްރީނު ޕްރޮގްރާމުތައް އެމަނިކުފާނު ވަނީ ފުރިހަމަ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު