ENGLISH

27 އޭޕްރީލު 2026

Advertisement

ދިފާޢީ ދާއިރާއިން ގުޅުންތައް ހަރުދަނާކުރަން ރާއްޖެ-ސައުދީ މަޝްވަރާ ކުރައްވައިފި

27 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ދެ ބޭފުޅުންގެ ބައްދަލްވުމަށް ފަހު ފޮޓޯއަކަށް ހުއްޓިގެން --

ދިފާޢީ ދާއިރާއިން ޤާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ރާއްޖެއާ ސަޢޫދީ އަރަބިއްޔާއިން މަޝްވަރާ ކުރައްވައިފި އެވެ.

މި މަޝްވަރާކުރުންތައް އޮތީ ސަޢޫދީ ޢަރަބިއްޔާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީ، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް މިއަދު ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގަ އެވެ.

ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، އުޚުއްވަތްތެރި މި ދެ ޤައުމުން ދިފާޢީ ދާއިރާއިން ޤާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ކަމަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާއިން ބުނެ އެވެ.

ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ސަޢޫދީ ސަރުކާރަށް ދިފާޢީ ވަޒީރު ޝުކުރު އަދާކުރެއްވި އެވެ.

ކިޔުންތެރިންގެ ހިޔާލު