ENGLISH

27 އޭޕްރީލު 2026

Advertisement

ހިޔާރޯދިގޭގައި ރޯވުން: ހައްޔަރުކުރި މީހާގެ މައްޗަށް ދަޢުވާކޮށްދޭން އެދިއްޖެ

27 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ލ. މާބައިދޫ / ސަބުނަމްހައުސް، ޙުސައިން ޝަޙްބާން

ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހެއްގެ މައްޗަށް ދަޢުވާކޮށްދޭން އެދިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.

އަލިފާނުގެ އެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު ނިންމައި، އެ މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދިފައިވާ ކަަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ.

އެ ހާދިސާގެ ތަހުގީގަށް ފުލުހުން ވަނީ ލ. މާބައިދޫ / ސަބުނަމްހައުސް، ޙުސައިން ޝަޙްބާން (29އ) ހައްޔަރުކޮށްފަ އެވެ. އޭނާ ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ.

ފުލުހުން ބުނީ މާރިޗު 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހިންގި ތަހުގީގު ނިންމައި، އެ މައްސަލައިގައި މީހެއްގެ މައްޗަށް ދައުވާ ކޮށްދޭން އެދި އެ މައްސަލަ އޭޕްރީލް 21 ވަނަ ދުވަހު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.

ކިޔުންތެރިންގެ ހިޔާލު