ENGLISH
27 އޭޕްރީލު 2026
ދާއިމީ ބަލިތަކަށް ފަސޭހައިން ބޭސް ލިބޭނެ ގޮތް ފަހިކުރުމުގެ ރަސްމީ މަސައްކަތް ފަށައިފި
27 އޭޕްރީލު 2026
|
ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
އެންމެ މަޤްބޫލު
ދާއިމީ ބޭސް ބެނުންވާ ފަރާތްތަކަށް ފަސޭހައިން ބޭސް ލިބޭނެ ހިދުމަތް ފޯރުކޮށްދިނުމަށް، ކުރަން ޖެހޭ މަސައްކަތް ރަސްމީކޮށް ފަށާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ދާއިމީ ބައްޔަށް ބޭސްކުރާ ފަރާތްތަކަށް ބޭނުންވާ ބޭސް ހޯދުމަށް ދަތިތަކެއް ހުރިކަން ފާހަގަކުރައްވައި އެކަމަށް ހައްލެއް ގެނެސްދިނުމަށް މަސައްކަތްތަކެއް ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) އާ ހަވާލުކުރެވިގެން އެކަމަށް ހައްލެއް ގެނައުމުގެ މަސައްކަތް ރަސްމީކޮށް ފެށިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަމާ ގުޅިގެން ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ސްޓޭޓް ފާމާއިން ކުރަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެކި ކަހަލަ މަންތްލީ ބޭސް ބޭނުންވާ ފަރާތްތައް ތިބޭ. އެކަމަށް ހައްލެއް ގެނައުމަށް މަސައްކަތް ކުރުމަށް ރަސްމީކޮށް މިހާރު ވާނީ ސްޓޭޓް ފާމާއަށް ޓާގެޓްތަކެއް ދީފައި. އިރާދުކުރެއްވިއްޔާ ރަނގަޅު ހައްލެއް ގެނެސްދެވޭނެ." ރައީސް ވިދާޅުވިއެވެ.
ސްޓޭޓް ފާމާއަކީ ސަރުކާރުން ބޭޙުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެފުއްދި އެކަމަށް ހާއްސަ ކުންފުންޏެކެވެ.
އެގޮތުން، ދާއިމީ ބޭހުގެ ދަތިތަކަމަށް ހައްލެއް ގެނައުމަށް ކުރާ މަސައްކަތުގެ ތެރެއިން ގުދަންތަކެއް ހަދައި، ހާއްސަ ސިސްޓަމެއް ގާއިމުކޮށް ބޭސް ހުސްނުވެ ގެނައުން ހިމެނެއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ދޮރުން ދޮރަށް ހަރަކާތުގައި ވެސް މިކަމާ ގުޅިގެން އެކި ފަހަރު މަތިން އާންމު ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ. އެގޮތުން އެކަމަށް ދާއިމީ ހައްލެއް ގެނެވޭތޯ ސްޓޭޓް ފާމާ މެދުވެރިކޮށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރެވޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބޭސް ލިބުމުގައި ހުރި ދަތިތަކަށް ދެމެހެއްޓެނިވި ހައްލެއް ގެނައުމަށްޓަކައި ސްޓޭޓް ފާމާ މެދުވެރިކޮށް މިހާރު ވަނީ ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމު ހަމަޖެހިގެންގޮސްފައެވެ.
އޭގެތެރެއިން، ސައުވީސް ގަޑިއިރު ހިދުމަތްދޭ 1505 އަށް ގުޅާލައިގެން ބޭސް ރިޒާވް ކުރެވޭއިރު، ރާއްޖޭގައި ނެތް ބޭސް ހޯދުމަށް އޮންލައިންކޮށް ބޭހަށް އޯޑަރުކުރުމުގެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.