ENGLISH
26 އޭޕްރީލު 2026
ކުރިއަށް އޮތް ތިން ދުވަހުވެސް ވިއްސާރަކުރާނެ: މެޓް އޮފީސް
25 އޭޕްރީލު 2026
|
މާލެއަށް ބޯކޮށް ވާރޭވެހެނީ. ފޮޓޯ؛ އެޑިޝަން އެމްވީ
އެންމެ މަޤްބޫލު
ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން ބުނީ، ބައެއް ރަށްތަކަށް ވިއްސާރައާއެކު ގުގުރުންވެސް އެކަށީގެންވާ ކަމަށެވެ.
މެޓް އޮފީހުން މައުލޫމާތު ދޭގޮތުގައި، ކުރިއަށް އޮތް 72 ގަޑިއިރުގެ ތެރޭގައި ވައިއެނބުރޭނީ މަޑުން ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 3 މޭލާއި 10 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށެވެ. އަދި ބައެއް ރަށްތަކަށް ކެރީގެ އަސަރުފޯރި ނަމަވެސް ބޯކޮށް ވާރޭ ނުވެހޭނެ ކަމަށެވެ.
ރާއްޖޭގެ ކަނޑުތައް މަޑުވެ، ރާޅުގެ އެންމެ އުސްމިން ހުންނާނީ 3 ފޫޓުގައި ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
ވޭތުވެދިޔަ ދުވަސްތަކަކީ އާދަޔާ ޚިލާފަށް ހޫނު ގަދަ ދުވަސްތަކެއް ނަމަވެސް، ފާއިތުވި ދުވަސްތަކު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަނީ ވާރޭވެހެމުންނެވެ.