ENGLISH
25 އޭޕްރީލު 2026
އެޗްޑީސީގެ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
25 އޭޕްރީލު 2026
|
ވިލުންވެރި ކަނބަލުން ޕްރޮގްރާމްގެ ތެރެއިން.
އެންމެ މަޤްބޫލު
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އެޗްޑީސީ) އާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ވިލުންވެރި ކަނބަލުން" ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ވިލުންވެރި ކަނބަލުން ޕްރޮގްރާމަކީ މުޖުތަމައުގައި އަންހެނުން ބާރުވެރި ކުރުވާ އަންހެނުންނަށް ތަމްރީނީ ފުރުސަތުތައް ފަހިކޮށްދިނުމަށް އެޗްޑީސީން އެމް.އައި.ޓީއާ ގުޅިގެން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމެކެވެ.
މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ މައިގަނޑު މަގުސަދެއްގެ ގޮތުގައި އެޗްޑީސީ އިން ފާހަގަކޮށްފައިވަނީ، ގޭތެރޭގައި ދިމާވާ ކުދިކުދި ކަރަންޓު މައްސަލަތައް ހައްލުކުރުމުގެ ހުނަރު އަންހެނުންނަށް އުގަންނައިދިނުމާއި އެފަދަ ހާލަތްތަކުގައި ކުރެވިދާނެ ކަންކަމަށް އަމިއްލަ ނަފްސު ތައްޔާރު ކުރުމެވެ.
އެޗްޑީސީ އިން ބުނީ މީގެކުރިން 2023 ވަނަ އަހަރު ބޭއްވުނު މި ޕްރޮގްރާމްގައި ޖުމްލަ 323 ފަރާތަކުން ބައިވެރިވެފައިވާ ކަމަށެވެ.
އެގޮތުން މި ޕްރޮގްރާމަށް ލިބުނު ތަރުހީބު ބޮޑުވުމާއެކު، މި އަހަރު ތެރޭަގައި މި ސިލްސިލާގެ އިތުރު ޓްރެއިންނިން ތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އެޗްޑީސީއިން ބުނެފައިވެއެވެ.
މިއަހަރުގެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 07 މެއި 2026 ވަނަ ދުވަހުން ފެށިގެންނެވެ.
ޕްރޮގްރާމްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުމުގެ ސުންގަޑިއަކީ 03 މެއި 2026 ވަނަ ދުވަހެވެ. މި ކްލާސްތަކުގައި އެޗްޑީސީގެ ސޯޝަލް މީޑިއާގެ ޒަރީއާއިން ވެސް ބައިވެރިވެވޭނެއެވެ.