ENGLISH

25 އޭޕްރީލު 2026

Advertisement

މަސްވެރިންނަށް މިއަދު ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފި

25 އޭޕްރީލު 2026

|

ފާތުމަތު އަދާ

މަސްވެރިކަމަށް ނިކުމެ އުޅޭ ދިވެހި މަސްދޯނިތައް

މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ފައިސާ ދޫކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން މިއަދުވެސް ހަ މިލިއަނަށްވުރެ ގިނަ ރުފިޔާ ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފިއެވެ.

މިފްކޯއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެޕްރީލް 23 ވަނަ ދުވަހު ކިރުވި މަހަށް މިއަދު ޖަމާކޮށްފައިވަނީ 6،090،118 ރ. (ހަ މިލިއަން ނުވަދިހަ ހާސް އެއް ސަތޭކަ އަށާރަ ރުފިޔާ) އެވެ.

މިފްކޯއިން ބުނީ ކަޅުބިލަމަސް 23 ވަނަ ދުވަހު ކިރުވި 70 ދޯންޔަކަށް 5،870،588 ރ. (ފަސް މިލިއަން އަށްޑިހަ ހައް ހާސް ފަސް ސަތޭކަ އަށްޑިހަ އަށް ރުފިޔާ) ޖަމާކޮށްފައިވާ ކަމަށެވެ. އަދި 10 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 9 ދޯންޏަކަށް 21،080 ރ.(އެކާވިސް ހާސް އަށްޑިހަ ރުފިޔާ) ޖަމާކޮށްފައިވާ އިރުގައި 15 ކިލޯއިން މަތީގެ ބޮޑުކަންނެލި ކިރުވި 19 ދޯންޏަކަށް ޖަމާކޮށްފައި ވަނީ 198،450 ރ. (އެއް ލައްކަ ނުވަދިހަ އަށް ހާސް ހަތަރު ސަތޭކަ ފަންސާސް ރުފިޔާ) އެވެ.

މަސްވެރިކަމުގެ ސިނާޢަތް ކުރިއެރުވުމުގެ ގޮތުން މަސް ކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް އަންނަނީ ފައިސާ ދޫކުރަމުންނެވެ. މި ސަރުކާރުން މަސްވެރިންނަށް ގަވާއިދުން ފައިސާ ދޭންފެށީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެންނެވެ. 

ކިޔުންތެރިންގެ ހިޔާލު