ENGLISH
25 އޭޕްރީލު 2026
ށ. މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ސާރވޭގެ މަސައްކަތް ކުރިއަށް
25 އޭޕްރީލު 2026
|
ްށ. މަރޮށީގެ މަގުތައް ތަރައްޤީކުރުމަށްޓަކައި ސާރވޭގެ މަސައްކަތް ކުރަނީ. ފޮޓޯ:އާރްޑީސީ
އެންމެ މަޤްބޫލު
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ށ. މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ސާރވޭގެ މަސައްކަތް ކުރިއަށްދާ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
މި މަޝްރޫއަކީ 730 ދުވަސްތެރޭ ނިންމުމަށް 60.2 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހާވާލުކޮށްފައިވާ މަޝްރޫއެކެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް މިދިޔަ އަހަރު ކުރެއްވި ދަތުރުފުޅުގައެވެ.
މަރޮށީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން އެ ރަށުގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި އެ ރަށުގައި އަލަށް އިމާރާތްކުރާ ކައުންސިލް އިދާރަގެ މަޝްރޫގެ މަސައްކަތް ވެސް ރައީސް ވަނީ އެ ދަތުރުފުޅުގައި ފައްޓަވާދެއްވާފައެވެ.
އާރްޑީސީން ދަނީ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން، ގިނަ ރަށްރަށުގައި މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތައް ކުރަމުންނެވެ.