ENGLISH
21 އޭޕްރީލު 2026
ޒުވާނާގެ މަރާ ގުޅިގެން ތަޙުޤީޤެއް، ސައްޙަކަން ކަށަވަރުނުވާ ވާހަކަތައް ނުފަތުރަން އެދިއްްޖެ
21 އޭޕްރީލު 2026
|
ނިޔާވި ޒުވާނާ --
އެންމެ މަޤްބޫލު
މާލޭގައި ކުދިން ބައިތިއްބާ އެކޮމޮޑޭޝަނެއްގައި 18 އަހަރުގެ އަންހެނަކު ނިޔާވި ހާދިސާ، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ތަހުގީގު ކުރަމުން ކަމަށާ އެ މަރާއި ގުޅޭގޮތުން ސައްހަކަން ކަށަވަރުނުކުރެވޭ ވާހަކަތައް ނުފެތުރުމަށް ފުލުހުން އިލްތިމާސް ކޮށްފި އެވެ.
ރޭގެ ދަންވަރުގެ ވަގުތެއްގައި ނިޔާވެފައި އޮއްވާ ފެނުނީ ގދ. ތިނަދޫ, ދެނޫނު އުމުރުން 18 އަހަރުގެ މަރަޔަމް ހާސިދާ އެވެ.
ފުލުހުން ބުނީ މި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ އިދާރާތަކާ ގުޅިގެން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ.
މި މައްސަލައާ ގުޅޭގޮތުން ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތަކުގައި ހަގީގަތާ ހިލާފު ވާހަކަތަކާއި، އަސާސެއް ނެތް ތުހުމަތުތަކުގެ އިތުރުން ވީޑިއޯ ފަދަ ތަކެތި ފަތުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ބުންޏެވެ.
ފުލުހުން ބުނީ ސައްހަކަން ކަށަވަރުނުވާ މިފަދަ މައުލޫމާތު ފެތުރުމަކީ، މަރުހޫމްގެ އާއިލާއަށް ލިބޭ އިތުރު ހިތްދަތިކަމަކަށް ވުމުގެ އިތުރުން، ފުލުހުން ހިންގަމުންދާ ޖިނާއީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށެވެ.
އެހެންކަމުން، ސައްހަކަން ކަށަވަރުނުކުރެވޭ މި ފަދަ މައުލޫމާތު ނުފެތުރުމަށް އެންމެހައި ފަރާތްތަކަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.