ENGLISH
21 އޭޕްރީލު 2026
މަސް ހިފަން ފައިބާ އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ
21 އޭޕްރީލު 2026
|
ހިތަދޫ --
އެންމެ މަޤްބޫލު
މަސް ހިފަން ފައިބާ އުޅުނު ޒުވާނަކު ގެނބިގެން ނިޔާވެއްޖެ އެވެ.
މި ހާދިސާ ހިނގީ ލ. ހިތަދޫގަ އެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މަސް ހިފަން މޫދަށް އެރި އުޅުނު މީހަކު ގެނބިގެން އެކަމުގެ ރިޕޯޓް މިއަދު 3:42 ހާއިރު ލިބިފައިވާ ކަމަށެވެ.
އެ މީހާ ސިއްހީ މަރުކަަޒަަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ބުނެ އެވެ.
މި ހާދިސާގައި ނިޔާވީ އުމުރުން 21 އަހަރުގެ ޒުވާނެކެވެ. ނިޔާވެފައި ވަނީ އަމާން / ލ.ހިތަދޫ، އަޙްމަދު ހަމްޒާން (21އ) އެވެ.
މި ހާދިސާއާ ގުޅިގެން ތަޙުޤީޤެއް ފަށާފައިވާ ކަމަށް ވެސް ބުންޏެވެ.