ENGLISH

21 އޭޕްރީލު 2026

Advertisement

މުދަލު ޒަކާތުގެ ނިޞާބު އަލުން ކަނޑައަޅައިފި

21 އޭޕްރީލު 2026

|

އަޙުމަދު ޙަމީދު

ބަޔަކު ޒަކާތް ދައްކަނީ --

މުދަލު ޒަކާތުގެ ނިޞާބު އަލުން ކަނޑައަޅައިފި އެވެ.

މޯލްޑިވްސް ޒަކާތު ހައުސް އިން މިއަދު ބުނީ މުދަލު ޒަކާތް ވާޖިބުވާ ނިޞާބަކީ 21,836.50ރ ކަމަށެވެ.

އެ އިދާރާއިން ވަނީ އެކަމާއި ގުޅޭ ބަޔާނެއް ވެސް އާންމު ކޮށްފަ އެވެ. އެ ބަޔާނުގައި ވަނީ ޒަކާތުގެ ނިޞާބު ކަނޑައެޅުމާއި ގުޅޭގޮތުން އަމަލުކުރާ އުސޫލުތައްެ ވެސް ސާފުކޮށް ދީފަ އެވެ.

ރާއްޖޭގައި މުދަލު ޒަކާތް ނެރެނީ ރިހީގެ އަގަށް ބެލުމަށް ފަހު އެވެ. ރާއްޖޭގައި ފައިސާއިން މުދަލު ޒަކާތް ނެރެން ވާޖިބުވާ ނިޞާބަކީ, ރީހިގެ ގުރާމަކަށް 36.70 ރޭޓުން 595 ގްރާމަށްވާ 21,836.50ރ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

ސަރުކާރުން ދަނީ ޒަކާތަށް ހޭލުންތެރިކުރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ޒަކާތާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މޯލްޑިވްސް ޒަކާތު ހައުސް ވެސް އުފައްދަވާފަ އެވެ.

ޒަކާތާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ފެށި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޒަކާތް ދައްކާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން މުދަލު ޒަކާތުގެ ގޮތުގައި 100 މިލިއަން ރުފިޔާ ފުރަތަމަ ފަހަރަށް ވަނީ ލިބިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު