ENGLISH
21 އޭޕްރީލު 2026
ދަނާލުގައި 18 އަހަރުގެ ޒުވާނަކު ނިޔާވެފައި އޮއްވާ ފެނިއްޖެ، މައްސަލަ ތަޙުޤީޤު ކުރަނީ
21 އޭޕްރީލު 2026
|
ދިވެހި ފުލުހުންގެ ޚިދުމަތް --
އެންމެ މަޤްބޫލު
މާލޭގައި ހުންނަ މަޖުދުއްދީން ދަނާލުގައި 18 އަހަރުގެ ޒުވާނަކު ނިޔާވެފައި އޮއްވާ ފެނުނު މައްސަލަ ތަޙުޤީޤު ކުރަން ފަށާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ދަނާލުގައި ޒުވާން އަންހެނަކު މަރުވެފައި އޮއްވާ ފެނުނީ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ އެ ހާދިސާގެ ރިޕޯޓް ލިބިފައިވާ ކަަމަށެވެ. އަދި އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.
މަރުގެ އެ މައްސަލައާ ގުޅިގެން ތަޙުޤީޤެއް ފަށާފައިވާކަން ޔަޤީންކޮށް ދިން ނަމަވެސް އިތުރު ތަފްސީލެއް ނުދެ އެވެ.
އަންހެން ކުއްޖާގެ މަރާއި ގުޅޭގޮތުން ތަފާތު ވާހަކަތައް ދެކެވެމުންނެވެ. ނަމަވެސް އެކަމާއި ގުޅޭގޮތުން ފުލުހުން ވަކި ކޮމެންޓެއް ނުކުރެ އެވެ.