ENGLISH
21 އޭޕްރީލު 2026
ތިމަރަފުށީ ފުޓްސަލް ދަނޑުގެ މަސައްކަތް ނިންމާލައިފި
21 އޭޕްރީލު 2026
|
ތިމަރަފުށީގައި ގާއިމްކުރެވުނު ފުޓްސަލް ދަނޑު-- ފޮޓޯ: އާރުޑީސީ
އެންމެ މަޤްބޫލު
ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތ. ތިމަރަފުށީގައި ތަރައްޤީކުރާ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށް ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފި އެވެ.
ތިމަރަފުށީ ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު، މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ތިމަރަފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގަ އެވެ.
ތިމަރަފުށީގައި ގާއިމްކުރެވުނު ފުޓްސަލް ދަނޑު-- ފޮޓޯ: އާރުޑީސީ
ތިމަރަފުށި ފުޓްސަލް ދަނޑުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ކުޅިވަރާއި ހަށިހެޔޮކަމާއި ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ ރާފިއު އެވެ.
ފުޓްސަލް ދަނޑު ނިމުމުން ކުޅިވަރުގެ ދާއިރާއިން ޒުވާނުންނަށް އިތުރު ފުރުސަތުތަކެއް ހުޅުވިގެންދާނެ އެވެ.
ތިމަރަފުށްޓަކީ ހުނަރުވެރި ފުޓްސަލް ކުޅުންތެރިން ގިނަ ރަށެއްކަން ފާހަގަކޮށްލެވެ އެވެ. ތިމަރަފުއްޓަށް މި ލިބުނު ދަނޑަކީ ރަށުގެ ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާ ދަނޑެކެވެ. ފުޓްސަލް މުބާރާތްތަކަށް ފަރިތަކުރުންތައް ބޭއްވުމަށް މީގެ ކުރިން ޚާއްސަ ދަނޑެއް ނޯވެ އެވެ. އަލަށް ހުޅުވުނު ދަނޑާއެކު، ރަށުގެ ފުޓްސަލް ޓީމަށްވެސް ލުއިފަސޭހަތަކެއް ވެގެންދާއިރު، މިއީ ރަށުގެ ކުޑަކުދިން މިކުޅިވަރަށް ތަމްރީނުކުރުމަށްވެސް ހުޅުވުގެންދާނެ ދޮރެއް ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.